ޚަބަރު

އޯޒޯންފަށަލަ ޙިމާޔަތްކުރުމާބެހޭ ބިލް ރައީސް ތަޞްދީޤު ކުރައްވައިފި


"އޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ބިލު" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޞްދީޤް ކުރައްވައިފިއެވެ.މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.އޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ޤާނޫނަކީ، ދިވެހިރާއްޖެއަށް އެތެރެކުރެވޭ އަދި ދިވެހިރާއްޖޭގައި ބޭނުންކުރާ އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާތަކާއި، އެ ކެމިކަލް މާއްދާތައް އެކުލެވޭ އާލާތްތަކާއި، މިފަދަ ކެމިކަލް މާއްދާތަކުގެ ބަދަލުގައި ބޭނުންކުރާ ކެމިކަލް މާއްދާތަކާއި، އެ ކެމިކަލް މާއްދާތައް އެކުލެވޭ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަދުކުރުމާއި ހުއްޓާލުމާބެހޭ ޤާނޫނެވެ.މި ޤާނޫނުގައިވާގޮތުން އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ހިމެނޭ ކެމިކަލެއް ކަމާ ބެހޭ މިނިސްޓްރީގެ ހުއްދައެއް ނެތި ރާއްޖެއަށް އެތެރެއެއް ނުކުރެވޭނެއެވެ.