ޚަބަރު

ފުރަތަމަ ލެގު ކާމިޔާބުކޮށް ސެލްޓިކް ކޮލިފައިވުމާ ގާތަށް


ޔޫރަޕާ ލީގުގެ ކޮލިފައިން ޕްލޭއޯފް ސެލްޓިކް މޮޅުވެ މުބާރާތުގެ ގުރޫޕް ސްޓޭޖަށް ކޮލިފައިވުމާ ގާތަށް އެޓީމު ޖެހިލައިފިއެވެ.

ސްކޮޓްލޭންޑްގެ ގްލެސްގޯގައި ކުޅުނު މެޗުން ސެލްޓިކް ކުރި ހޯދީ އޭޒެޑް ކަމާރްއާ ވާދަކޮށް 2-0 ލަނޑުން މެޗު މޮޅުވެގެންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ސެލްޓިކް ލަނޑުޖަހާ ލީޑް ނެގިއިރު މިލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ކިއުގޯ ފުރުހަށީއެވެ. މިއީ މި ސީޒަންގައި އޭނާ ސެލްޓިކަށް ކުޅުނު ހަވަނަ މެޗުގައި ކާމިޔާބުކުރި ހަވަނަ ލަނޑުއެވެ. ފުރަތަމަ ހާފްގައި ނަތީޖާ ބަދަލުކޮއްލަން އަކްމާރް އަށް ނަތީޖާ ބަދަލުކޮއްލަން ފުރުސަތު ލިބުނު ނަމަވެސް ލިބުނު މަދު ފުރުސަތު ތަކުގެ ބޭނުން ވަނީ ކުރެވޭގޮތް ނުވެފައެވެ.

ސެލްޓިކްއިން ޖެހި ދެވަނަ ލަނޑަކީ ކަމާރްގެ ލެޓެސްޗާޓް އަތުން ބައިކޮޅަށް ލަނޑެކެވެ. މެޗުގެ ދެވަނަ ހާފްގައި އިތުރު ލަނޑެއް ނުފެނު ނަމަވެސް މި ހާފުގައި ސެލްޓިކުން ވަނީ ވަރަށް ރަނގަޅަށް ޑިފެންސްކޮއްފައެވެ. މި ދެޓީމު ޕްލޭއޯފްގައި ވާދަކުރާ ދެވަނަ ލެގު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ނެދަލޭންޑްގައެވެ.