ޚަބަރު

ދަރިވަރުންނަށް ދިމަވާ ދަތިތަކުން ސަލާމަތްވުމަށް ދަސްކޮށްދޭ ޕްރޮގްރާމެއް


ދަރިވަރުންނަށް ދިމަވާ އެކި ދަތިތަކުން ސަލާމަތް ވުމަށް ދަސްކޮށްދިނުމުގެ މަޤްޝަދުގައި "'ޕްރޮމޯޓިންގ ރެޒީލިއަންސް އިން ދި މޯލްޑިވްސް- ޕްރައިމް' ޕްރޮޖެކްޓްގައި އެޑިއުކޭޝަން މިނިސްޓްރީއާއި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި ޓްރާސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ އާސިއަތު ރިލްވީނާއެވެ. ޕްރައިމް ޕްރޮޖެކްޓްގެ މަގުސަދުތަކުގެ ތެރޭގައި ދަރިވަރުން ހިރާސްއަށް ނުގޮސް ނުވަތަ ވީހާވެސް ހިރާސް ކުޑަވާނެ ގޮތަކަށް ދިމާވާ ދަތިތަކުން ސަލާމަތް ވުމަށް ދަސްކޮށްދިނުމާ، ހަރުކަށިވިސްނުން އަށަގަތަނުދިމަށް ދަރިވަރުންގެ ކިބާގައި ދީނަށް ލޯބިޖެއްސުމާ، އެހެންމީހުންނަށް އިހުތިރާމު ކުރުމާ، ކަންކަމުގައި ފުންކޮށް ވިސްނަން ދަސްކޮށްދިނުން ހިމެނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ޕްރޮޖެކްޓްގައި ހިރާސް ގައިވާ ދަރިވަރުން ދެނެގަތުމަށް ހަދާ ރިސްކް އެސެސްމަންޓް އަށް އާލާތެއް ތައްޔާރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ބެލެނިވެރިންގެ އަތްމަތީ ފޮތެއް ތައްޔާރުކުރުމާއި ދަރިވަރުންނާއި ބެލެނިވެރިންނަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކުގައި އެހީތެރިވެރިދިނުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރަށް އިތުރުހަރަކާތްތަށް ހިންގުމުގެ ތެރެއިން ދަރިވަރުން ސުލްހައަށް ލޯބިކުރަން ދަސްކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ޕްރޮޖެކްޓަކީ ޔޫއެސް އެއިޑްގެ ހިލޭއެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެއްކަމަށެވެ.