މުނިފޫހިފިލުވުން

ސްކާލެޓާއި ޓޮމް ހޭންކްސް އެއް ފިލްމަކުން

މާވެލްގެ ފިލްމު "ބްލެކް ވިޑޯ" އަށްފަހު ސްކާލެޓް ޖޮހަނަސްގެ އައު ފިލްމެއް އަނެއްކާވެސް ސްކްރީނަށް އަންނަން ތައްޔާރުވެއްޖެއެވެ. ސްކާލެޓްގެ ކުރިއަށް އޮތީ ވެސް އެންޑަރސެންގެ ފިލްމެކެވެ. ނަމެއް އަދި ކަނޑަނާޅާ މި ފިލްމުގެ ލީޑު ރޯލުން ސްކާލެޓްގެ އިތުރުން މާގޮޓް ރޮބީ އަދި ޓޮމް ހޭންކްސްވެސް ފެނިގެންދާނެއެވެ.

ފިލްމުގެ މަސައްކަތް ސްޕެއިންގައި މިހާރު ފަށާފައިވާއިރު އެންޑަރސެންގެ ފިލްމުތަކުން އަބަދުވެސް ފެންނަ މޫނުތައްކަމަށްވާ އެޑްރިއަން ބްރޮޑީ، ބިލް މޯރޭ އަދި ޓިލްޑާ ސްވިންޓަން ވެސް މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެއެވެ.

މިއީ އެންޑަރސެންއާއިއެކު ސްކާލެޓް މަސައްކަތްކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2018 ވަނަ އަހަރު ދެއްކި އެންޑަރސެންގެ ފިލްމު "އިސިލް އޮފް ޑޯގްސް" ގެ ވޮއިސް އެކްޓްރެސްއަކަށް ސްކާލެޓް ވަނީ މަސައްކަތްކޮށްފައެވެ.

މި ފިލްމުގެ މަސައްކަތް ކުރަމުން އަންނައިރު ސްކާލެޓް ވަނީ އެނާގެ އެންމެ ފަހުގެ ފިލްމު "ބްލެކް ވިޑޯ" ގެ މައްސަލާގައި ޑިޒްނީއާއި ދެކޮޅަށް ދައުވާކޮށްފައެވެ. އެ ފިލްމު ޑިޖިޓަލްކޮށް ރިލީޒްކުރުމުން އެތައް މިލިއަން ޑޮލަރެއް ގެއްލުންވިކަމަށް ބުނެ ސްކާލެޓް ދައުވާކުރީ "ބްލެކް ވިޑޯ" ސިނަމާތަކަށް އައިތާ ކުރީކޮޅުއެވެ.

އެންޑެސެންގެ އެންމެ ފަހުގެ ފިލްމު "ދަ ފްރެންޗް ޑިސްޕެޗް" ވަނީ އެންމެ ފަހުން ބޭއްވި 74 ވަނަ އެނުއަލް ކޭން ފިލްމު ފެސްޓިވަލްގައި ރިލީޒްކޮށްފައެވެ.