ޚަބަރު

ރަށްރަށުގެ ލޭންޑް ޔޫސްޕްލޭން ހެދުމުގެ މަސައްކަތް


މި އަހަރުގެ ތެރޭގައި 6 ރަށެއްގެ ލޭންޑް ޔޫޒް ޕްލޭން ނިމި 13 ރަށެއްގެ ލޭންޑް ޔޫންޒް ޕްލޭން މިހަރު ހަދަމުންދާކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެ. މިހާރު ލޭންޑް ޔޫޒް ޕްލޭން ނުވަތަ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ނިމިފައިވާ ރަށްރަށަކީ، ހއ. މުރައިދޫ، އއ. މަތިވެރި، އއ. ބޮޑުފުޅަދޫ، ދ. މީދޫ، ކ. ތުލުސްދޫ، އަދި ގދ. ތިނަދ މީގެ އިތުރުން މިހާރު ވެސް ލޭންޑް ޔޫޒް ޕްލޭން ނިންމުމުގެ ފައިނަލް ސްޓޭޖްގައި ބ. އޭދަފުށްޓާއި، ދ. ކުޑަހުވަދޫގެ މަސައްކަތް އޮތްކަންވެސް ހައުސިން މިނިސްޓްރީން ފާހަގަކުރައްވައެވެ. ހައުސިން މިނިސްޓްރީގެ ޕްލޭނިންގ އެންޑް އާރބަން ޑިވެލޮޕްމެންޓް ސެކްޝަންގެ ޑިރެކްޓަރ ހުސެއިން ރަޝީދު ވިދާޅުވީ، 2016 ވަނަ އަހަރުގެ ތެރޭގައި އިތުރު 70 ރަށުގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ކުރުމަސް ނިންމާ ބަޖެޓް ކޮށްފައިވާ ކަމަށާއި، އޭގެތެރެއިން 60 ރަށުގެ ޕްލޭން ހަދާނީ އާއްމުކޮށް އިއުލާންކޮށް ބިޑަށް ހުޅުވާލައިގެން ކަމަށެވެ." ލޭންޑް ޔޫޒް ޕްލޭން އަަކީ ވަރަށްގިނަ ވަގުތު ހޭދަވާ ވަރަށް ބޮޑު މަސައްކަތެއް. އެހެެންކަމުން 10 ރަށުގެ ޕްލޭން ހައުސިން މިނިސްޓްރީގެ މުވައްޒަފުން ހަދާނީ، ބާކީ ހުރި ރަށްތައް ބިޑް އުސޫލުން އާއްމުކޮށް ހުޅުވާލާނީ. އޭރުން މި ދާއިރާއިން އިތުރު މީހުންނަށް ފުރުސަތު ލިބި، ގިނަ މީހުން މި ދާއިރާއަށް ޝައުގުވެރިވާނީ."  ހުސެއިން ރަޝީދު ވިދާޅުވިއެވެ. ރަށްރަށުގެ ބިން ބޭނުންކުރުމުގެ ޕްލޭން ހެދުމުގައި ބޮޑަށް ބައްލަވަނީ، އިޤްތިސާދީ މަސައްކަތްކުރާ ރަށެއް ނަމަ އެކަމަކަށްވެސް ޖާގަ ދީގެން، އަދި ބިން ހިއްކައިގެ އިތުރުވާ ޖާގައިގަ، ގޯތި ދިނުމުގެ ބަދަލުގައި، ހައުސިންގ ޔުނިޓް ނުވަތަ ފްލެޓް އަޅާގޮތައް ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. އަދި ކައިރި ރަށްރަށުން ހިޖުރަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުދެވޭނެ ގޮތަށް ބައްލަވާ ކަމަށްވެސް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.