މުނިފޫހިފިލުވުން

"ފޮރެންސިކް" ޓީމުގައި ރާދިކާ، ވިކްރާންތް އަދި ޕްރާޗީ


ވިޝާލު ފިއޫރިއާގެ ކުރިއަށް އޮތީ ސަސްޕެންސް ތްރިލަރ "ފޮރެންސިކް" އެވެ. މި ފިލްމުގެ ތަރިންގެ ލިސްޓު މިހާރު މިވަނީ އާއްމުވެފައެވެ. މި ފިލްމުގެ މެއިން ކާސްޓްގައި ހިމެނެނީ ރާދިކާ އަޕްތޭ އާއި ވިކްރާންތް މާސޭއާއިއެކު "ވަންސް އޮޕޮއޮން މުމްބާއީ" ގެ ތަރި ޕްރާޗީ ދެސާއީއެވެ.

ފިލްމުގައި ޕްރާޗީ ކުޅެނީ ކޮން ރޯލެއްކަމެއް އަދި ނޭގެއެވެ. ފިލްމާއި ބެހޭގޮތުން ޕްރާޗީ ބުނީ މި ފިލްމުގައި އޭނާ ފެންނާނީ މީގެކުރިން އޭނާ ކުރިން ނުކުޅޭ ކަހަލަ ރޯލެކެވެ. ނަމަވެސް މި ކަހަލަ ޔުނީކް ކެރެކްޓާތައް ފިލްމުތަކަށް ގެންނާތީ މިކަހަލަ ރޯލުތައް ކުޅޭހިތްވާކަމަށްވެސް ޕްރާޗީ ބުނެއެވެ.

ވިޝާލް ބުނިގޮތުގައި ފިލްމުގައި ޕްރާޗީގެ ރޯލަކީ ވަރަށް މުހިންމު ރޯލެއް ކަމަށާއި ޕްރާޗީ ކާސްޓެއްގެ ގޮތުގައި ފިލްމުގައި މަސައްކަތް ކުރާތީ އޭނާ އުފާވާކަމަށެވެ. ފިލްމުގެ ޝޫޓިންތައް ދާދިފަހުން ވަނީ ފަށާފައެވެ.

ސޯހަމް ރޮކްސްޓާރ އެންޓަރޓެއިންމަންޓާއި މިނީ ފިލްމްސްގެ ބެނާރގެ ދަށުން "ފޮރެންސިކް" ޕްރޮޑިއުސްކުރަނީ ދީޕަކް މުކްތު، މަންސީ ބަގްލާ އަދި ވަރުން ބަގްލާއެވެ. ކޯ ޕްރޮޑިއުސަރަކީ ހުނާރު މުކްތުއެވެ.