މުނިފޫހިފިލުވުން

ޑަޔާނާއާއި ޗާރލްސްގެ ކައިވެނީގެ ކޭކު ފޮއްޗެއް ނީލަމުގައި


މީގެ 40 އަހަރުކުރިން އިނގިރޭސިވިލާތުގެ ޝާހީ ޢާއިލާއިން ބޭއްވި އެންމެ ވަރުގަދަ ފެއަރީ ޓޭލް ކައިވެންޏަކީ ޕްރިންސް ޗާލްސް އާއި ޕްރިންސެސް ޑަޔާނާގެ ކައިވެންޏެވެ. 40 އަހަރުފަހުން ކައިވެނީގައި ބޭނުންކުށްފައިވާ 23 ކޭކުގެ ތެރެއިން ކޮންމެވެސް އެއް ކޭކެއްގެ ފޮއްޗެއް ނީލަމުގައި މި ވަނީ ވިއްކާލާފައެވެ.

ޝާހީ ޢާއިލާގެ ފޭނެއްކަމަށްވާ ގެރީ ލޭޓަން ގަނެފައިވާ މި ކޭކު ފޮތި ނީލަމުގައި ވިއްކާލާފައިވަނީ 2565 އެމެރިކާ ޑޮލަރަށެވެ. މި ކޭކުފޮތި ޝާހީ ޢާއިލާއިން ފުރަތަމަ ދީފައިވަނީ ރާނީގެ މަންމަގެ މުއްވަޒަފެއްކަމަށްވާ މޯޔާ ސްމިތަށެވެ. އަދި މޯޔާ ވަނީ ކޭކުފޮތި ނުބައި ނުވާނެހެން ހަދައި ކޭކުގައި ލޭބަލްވެސް ކޮށްފައެވެ. އޭގެފަހުން މޯޔާގެ ޢާއިލާއިން ވަނީ 2008 ވަނަ އަހަރު ކޭކުފޮތި އެހެން މީހަކަށް ވިއްކާލާފައެވެ. ކޭކުފޮތި ނީލަމަށް ލާފައިވަނީ އޭގެފަހުންނެވެ.

500 ޕައުންޑަށް އަރާނެކަމަށް ލަފާކޮށްފައިވާ ކޭކުފޮތި އެންމެފަހުން ވިކިފައިވަނީ އަގޮބޮޑުކޮށެވެ. ކޭކުފޮތި ގަތް ގެރީ ލޭޓަން ބުނިގޮތުގައި އޭނާ މަރުވުމަށްފަހު ކޭކުފޮތި ޗެރިޓީއަށް ހަދިޔާކުރުމަށް ވަޞިޔަތް ކުރާނެއެވެ.

ކޭކުފޮތީގައި ވަނީ ވަރަށް ރީތިކޮށް ޑިޒައިންކޮށްފައެވެ. ޝާހީ އާއިލާގެ ރަސްމީ ރޯޔަލް ކޯޓް އޮފް އާރމްސް ރަން، ރަތް، ނޫ އަދި ރިހި ކުލައިން ވަނީ ފަވާލާފައެވެ.