ޚަބަރު

ބާސެލޯނާ ލީގު ފެށީ މޮޅަކާއެކު


ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ މޮޅުވީ ރެއާލް ސޮސިއެޑާޑް އަތުން 4-2 ލަނޑުންނެވެ.

މެޗުގައި ބާސެލެނޯއަށް ބްރެތްވެއިޓް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ޖެރާޑް ޕީކޭގެ އާއި ރޮބާޓޯއެވެ. ސޮސިއެޑާޑަށް ލަނޑުތައް ކާމިޔާބު ކޮއްދިނީ ލޮބޭޓޭގެ އާއި އޮޔަޒަބާލްއެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ 22000 ސަޕޯޓަރުން ވަނީ ކުލަބު ދޫކޮށް ޕީއެސްޖީއަށް ބަދަލުވި މެސީގެ ބާސެލޯނާ 10 ނަންބަރު ޖާޒީގައި އޭނާ އަށް އޮތް އިހުތިރާމް ދައްކާލާފައެވެ. އަދި މެޗުގެ 10ވަނަ މިނިޓުގައި ބާސެލޯނާގެ ސަޕޯޓަރުންގެ ތަރުހީބުގެ އަޑުވަނީ ދަނޑުގައި ގުގުމާލާފައެވެ. ބާސެލޯނާއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށްޓަކައި އެޓީމުގެ ކުޅުންތެރިންގެ މުސާރު ކުޑަކުރަމަށް އެންމެ ފަހުން އެއްބަސްވި ކުޅުންތެރިޔަކީ ރޭގެ މެޗުގައި ލަނޑުޖެހި ޕީކޭއެވެ. ޓީމާ އަލަށް ގުޅުނު ފޯވާޑް ސާޖިޔޯ އަގުއެރޯއަށް މެޗެއް ކުޅެވޭނީ އަނިޔާގެ ސަބަބުން 10 ހަފްތާ ފަހުންނެވެ.