ޚަބަރު

ސައުތެމްޓަންގެ މައްޗަށް އެވަޓަންއިން ކުރި ހޯދައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެވަޓަން އާއި ސައުތެމްޓަން ބައްދަލުކުރި މެޗް ފަހަތުން އަރާ އެވަޓަންއިން ކާމިޔާބުކޮށްފިއެވެ.

އެވަޓަންގެ ދަނޑުމ ގުޑިސަން ޕާކްގައި ކުޅުނު މިމެޗް އެވަޓަން ކާމިޔާބުކުރީ 3 ލަނޑު އެއް ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސައުތެމްޓަންއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އެވަޓަންއެވެ. މިމެޗްގެ ފުރަތަމަ ލަނޑު އެވަޓަންގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޖަހާފައިވަނީ ސައުތެމްޓަންއަށް ފުރަތަމަ މެޗް ކުޅެދެމުންދިޔަ އެޑަމް އާމްސްޓްރޯންގއެވެ.

މިލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ މެޗްގެ 22 ވަނަ މިނެޓްގައެވެ. މިމެޗްގައި އެވަޓަންއިން މެޗްގެ ނަތީޖާ ހަމަހަމަކުރި ލަނޑު މެޗްގެ 47 ވަނަ މިނެޓްގައި ޖަހާދިނީ ރިޗާލިސަންއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި އަބްދުއްލާޔޭ ޑަކޫރޭ ޖަހާދިންއިރު ފަހު ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހާދިނީ ޑޮމިނިކް ކެލްވަރޓް ލުއިންއެވެ. މިއީ އެވަޓާންގެ ކޯޗް ކަމާއި ވާދަވެރި ލިވަޕޫލަށް ގިނަ ކަމިޔާބީތަކެއް ކުރިން ހާސިލް ކޮށްދީފައިވާ ރަފައެލް ބެނީޓޭޒް ހަވާލުވިފަހުން ކުޅުނު ފުރަތަމަ ވާދަވެރި މެޗެވެ.

ފުރަތަމަ މެޗް ކާމިޔާބަކާއެކު ފެށުމުން ބެނީޓޭޒް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ބެނީޓޭޒް ވެގެން ގޮސްފައިވަނީ 1890ގެ އަހަރުތަކަށްފަހު ލިވަޕޫލަށް ކޯޗް ކޮށްދިފައިވާ ކޯޗެއް އެވަޓާންއަށް ކޯޗް ކޮށްދޭ ފުރަތަމަ ފަހަރެވެ. އަދި ބެނީޓޭޒް އެމަގާމަށް އައްޔަންކުރަން އުޅުމުން މީގެ ހަ ހަފްތާކުރިން އެޓީމްގެ ބައެއް ސަޕޯޓަރުންވަނީ ހިތްހަމަ ނުޖެހުންވެސް ފާޅުކޮށްފައެވެ. ނަމަވެސް މިކާމިޔާބީއާއެކު އެކަމަށް ބަދަލު އަންނާނެކަމަށް ބެލެވެއެވެ.