ޚަބަރު

ރެއާލް މެޑްރިޑް ލީގު ފެށީ މޮޅަކުން!


ސްޕެނިޝް ލަލީގައި މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރެއާލް މެޑްރިޑް މޮޅުވީ ރަށުން ބޭރުގައި އަލްވޭސް އަތުން 4-1 ލަނޑުންނެވެ. މެޗުގެ މެޑްރިޑްގެ ކަރިމް ބެންޒީމާ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. މިއީ މިއަހަރު އޭނާ ލީގުގައި ކާމިޔާބުކުރި 17 ވަނަ ލަނޑުއެވެ.

އޭނާ ވެފައިވަނީ ލަލީގައި މިއަހަރު މިހާތަނަށް ދެވަނައަށް އެންމެ ގިނަލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. ބެންޒިމާގެ އިތުރުން މެޑްރިޑްއަށް މިމެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ނަޗޯއާއި ވިނިޝަސް ޖޫނިއަރއެވެ.

މެޗުގައި ކޯޗު ކާލޯ އެންޗެލޯޓީ ވަނީ ގެރެތް ބޭލްއަށް ފުރުސަތު ދީފައެވެ. އެންމެފަހުން ލީގު މެޗެއްގައި ބޭލް މެޑްރިޑަށް ކުޅެފައިވަނީ 2020 ވަނަ އަހަރު މަޔޯކާ ދެކޮޅަށެވެ. އަދި މިސީޒަންގައި ޓީމާ އަލަށް ގުޅުނު ޑޭވިޑް އަލްބާއަށް ވެސް ވަނީ ފުރުސަތު ދީފައެވެ.