ޚަބަރު

އެކްސްޕޯގައި ތަކެތި ބައިވެރިކުރުމުގެ ސުންގަޑި މާދަމާ ހަމަވަނީ


އެކްސްޕޯ މޯލްޑިވްސްގައި
ތަކެތި ބައިވެރިކުރުމުގެ މުއްދަތު މާދަމާ ހަމަވާއިރު، މިތަކެތި ޖަޖްކުރުމަށްޓަކާ
ތަކެތީގައި ކޯޑްޖެހުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް މައުރަޒު އޮފީހުން
ވިދާޅުވެއްޖެއެވެ.





އެކްސްޕޯގައި ބައިވެރި
ކުރާ ތަކެއްޗަށް އިންސާފުކުރުމަށް ހަމަޖެހިފައިވަނީ އެކަމަށް ޚާއްޞަ
ސޮފްޓް ވެއާއަކުންކަމަށާއި އަދި އިންސާފުކުރުމަށްޓަކައި މާދަމާ އާއި އޭގެ އަނެއްދުވަހު
ތަކެތީގައި ކޯޑްޖެހުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް މައުރަޒު އޮފީހުން
މައުލޫމާތުދެއްވައެވެ.



ކޮންމެ އައިޓަމަކަށްވެސް އިންސާފުކުރާއިރު އެއެއްޗަކަށް ކޯޑެއް
ދެވިފައި އޮންނާނެކަމަށާ އަދި ސޮފްޓްވެއާ މެދުވެރިކޮށް ޖަޖްކުރާއިރު އެއްވެސް
ފަނޑިޔާރަކަށް އެ އެއްޗެއް އުފެއްދި ފަރާތެއް އަދި  އެ އެއްޗަކަށް ލިބޭ ޖުމްލަ މާރކްސް ފަދަ
މައުލޫމާތެއް ނުފެންނާނެކަމަށް މައުރަޒު އޮފީހުން ވިދާޅުވެއެވެ. މައުރަޒު އޮފީހުން
ވިދާޅުވީ މައުރަޒަށް ހުށަހެޅިފައިވާ ތަކެއްޗަށް އިންސާފުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތްވަނަ
ދުވަހުން ފެށިގެންކަމަށެވެ. މީގެ އިތުރުން މާދަމާ ތަކެތި ބަލައިގަތުމުގެ ސުންގަޑި
ހަމަވުމާއެކު ސްޓޯލްތައް ހެދުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް
މައުރަޒު އޮފީހުން ވިދާޅުވިއެވެ.





މިމަހުގެ 22 ން 28 އަށް
ދަރުބާރުގޭގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕޯ މޯލްޑިވްސް ދެހާސް
ފަނަރައިގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަދުވަހުގެ ރޭ ކަމަށް
މައުރަޒު އޮފީހުން މައުލޫމާތުދެއްވައެވެ.