ޚަބަރު

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅުވައިގެން " ދި ޞަދަޤާތް ފައުންޑޭޝަން " އާއި އާސަންދަ ކުންފުނި ގުޅިގެން ޚާއްސަ އެހީއަށް ބޭނުންވާ 10 ފަރާތަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ. ދި ޞަދަޤާތް ފައުންޑޭޝަނަކީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް މި ފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި  އުފައްދާފައިވާ ފައުންޑޭޝަނެކެވެ.ޕީއެސްއެމްއާއި މައުލޫމާތުދެއްވަމުން އާސަންދަ ކުންފުނީގެ ސީނިއަރ އޮފިޝަރ އަލައިކާ ބިންތް އިސްމައިލް ވިދާޅުވީ މި އަންނަ އާދީއްތަ ދުވަހު، ވަޒީފާތަކަށް މީހުން ނެގުމަށްޓަކައި އިއުލާން ކުރާނެކަމަށާއި، މި ވަގުތު ވަޒީފާ ދިނުމަށް ހަމަޖެހިފައިވަނީ އާސަންދަ ކުންފުނީގެ މައި އޮފީހަށް ކަމަށްވެސް މަލައިކާ ވިދާޅުވިއެވެ.އަދި ވަޒީފާއަށް އަންނަ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން ފޮރޮޅުލީ ގޮނޑީގައި ތިބޭ ކުދިންނަށް ވެސް އާސަންދަ އޮފީހަށް ވަދެވޭނެހެން އެ އޮފީހުގެ އިންފްރާސްޓްރަކްޗަރ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މަލައިކާ ވިދާޅުވިއެވެ. އާސަންދަ ކުންފުނި ފުޅާވަމުންދާވަރަކަށް މި ފަދަ ކުދިންނަށް ވަޒީފާގެ ފުރުސަތު އިތު ކުރުމުގެ މަސައްކަތް ކުރެވުމުންދާނެކަމަށް ވެސް އެކުން ފުނިން މައުލުމާތުދެއެވެ.