ޚަބަރު

ރޮނާލްޑޯ ލިލްއަށް ދާން ލަފާ ދީފި


ލިއޮނެލް މެސީ ޕީއެސްޖީ އަށް ސޮއިކުރުމާ އެކު ވާދަވެރި ލިލް އަށް ކްރިސްޓިއާނޯ ރޮނާލްޑޯ ސޮއިކުރަން، ގައުމީ ޓީމުގައި ރޮނާލްޑޯގެ ޓީމު މޭޓް ހޯޒޭ ފޮންޓޭ ލަފާދީފިއެވެ.

ލިލްގެ ޑިފެންޑަރު ފޮންޓޭ ބުނީ މެސީ، ވާދަވެރި ޕީއެސްޖީ އަށް ސޮއިކުރުމުން ރޮނާލްޑޯއާ ސަމާސާކުރުމުގެ ގޮތުން އޭނާ ލިލް އަށް އައުމަށް ފޮންޓޭ މެސެޖްކުރި ކަމަށެވެ. އޭނާ ބުނީ މެސީ ޕީއެސްޖީ އަށް ބަދަލުވުމުން އެ ޓީމާ ދެކޮޅަށް ކުޅެން ކުރިއަށް ވުރެ އުނދަގޫ ވާނެ ކަމަށެވެ.

ފުރެންޗް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިލް އާއި ޕީއެސްޖީ އެންމެ އަވަހަށް ކުޅޭ މެޗު އޮންނާނީ އޮކްޓޯބަރު 31 ގައެވެ.