ޚަބަރު

މީހުންނާއިއެކު ދަތުކުރި ލޯންޗެއް ދޯންޏެއްގައި ޖެހިއްޖެ


މާފުށިން މީހުން ގޮވައިގެން ދަތުރުކުރި ލޯންޗެއް ދޯންޏެއްގައި ޖެހިއްޖެއެވެ. ރޭ ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އެނބޫދޫ ފިނޮޅު ކައިރިންނެވެ. މާފުށިން މީހުން ގޮވައިގެން އައި ލޯންޗް ޖެހި އެކްސިޑެންޓްވި ދޯންޏަކީ އެނބޫދޫ ފިނޮޅުގެ އިރުން 1 މޭލު ބޭރުގައި އޮތް ދޯންޏެކެވެ.

މި ހާދިސާ ހިނގުމުން ލޯންޗްގެ ވެރިފަރާތުން ވަނީ އެހެން ލޯންޗެއް އެ ސަރަހައްދަށް ގެންގޮސް ލޯންޗުގައި ދަތުރުކުރަމުންދިޔަ މީހުން މާލެ ގެނެސްފައެވެ. އެކްސިޑެންޓްވި ލޯންޗް މާލެ ގެނައީ މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ބެލުމުގެ ދަށުންނެވެ.

މި ހާދިސާ ފުލުހުން ގެންދަނީ ތަހުޤީގުކުރަމުންނެވެ.