ދުނިޔެ

އެމް.އެޗް. 370 ގެ ބައިތައް ފެންނާނެ ކަމުގެ އުއްމީދު ބޮޑު


މިދިޔަ އަހަރު ގެއްލުނު މެލޭޝިޔާ އެޔަރލައިންސްގެ މަތިންދާ ބޯޓު ފްލައިޓް MH370  ހޯދުމަށް އޮސްޓްރޭލިޔާއިން އަތްފުނާ އަޅަމުންދާ ސަރަހައްދުން ބޯޓުގެ ބައެއް ފެންނާނެ ކަމުގެ އުއްމީދު ބޮޑުކަމަށް އޮސްޓްރޭލިޔާއިން ހާމަކޮށްފިއެވެ.



މިދިޔަ އަހަރުގެ މާޗް މަހު 239 މީހުންނާއެކު
މެލޭޝިޔާއިން ޗައިނާއިން ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ފްލައިޓް MH370 ހޯދުމަށް އޮސްޓްރޭލިޔާއިން ކުރަމުންދާ މަސައްކަތްތަކާ
ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން އޮސްޓްރޭލިޔާގެ ބޮޑު ވަޒީރުގެ ނަޢިބު ވޯރަން
ޓްރަސް ވިދާޅުވީ، ބޯޓު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ކަނޑު މަގުން 4 އުޅަނދެއް
ހަރަކާތްތެރިވާނެ ކަމަށެވެ.



މީގެ ތެރެއިން އެއް އުޅަނދަކީ ޗައިނާގެ އުޅަނދެއް
ކަމަށް އޮސްޓްރޭލިޔާގެ ނަޢިބު ރައީސް ވިދާޅުވިއެވެ.



ޓްރަސް ވިދާޅުވީ، މޫސުން ރަނގަޅުވުމުގެ ސަބަބުން
އުޅަނދުތަކުގެ މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަމަށާ މިހާރު
ހޯދަމުންދާ ސަރަހައްދުން ބޯޓުގެ ބައެއް ފެންނާނެ ކަމަށް އުއްމީދުކުރައްވާ
ކަމަށެވެ.



MH370  ހޯދުމަށް ހިންގާ
އޮޕަރޭޝަނަކީ މިހާތަނަށް ހިންގާ މިފަދަ އެންމެ އަގު ބޮޑު އޮޕަރޭޝަނެވެ. މި
އޮޕަރޭޝަންގައި މިހާތަނަށް ބޯޓުގެ އެއްވެސް ބައެއް ފެނިފައެއް ނުވެއެވެ.