ޚަބަރު

މެޑްރިޑްއާއި މިލާން އެއްވަރުވެއްޖެ


ސްޕެއިންގެ ރެއާލް މެޑްރިޑްއާއި އިޓަލީގެ އޭސީ މިލާން ބައްދަލު ކުރި ޕްރީ ސީޒަން އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެއެވެ.

ޕްރީ ސީޒަން ތަމްރީނުތަކުގެ ތެރެއިން އޮސްޓްރިޔާގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހިއެވެ. މި މެޗުގައި މެޑްރިޑުން ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓްނަމަށް މިދިޔަ ސީޒަނުގައި ކުޅުނު ގެރެތު ބޭލް ވަނީ ކުޅެފައެވެ. މި މެޗުގައި ބޭލް ކުޅެފަވަނީ މެޑްރިޑުގެ 50 ނަންބަރު ޖާޒީގައެވެ. ބޭލް މެޗުގައި ކުޅެފައިވަނީ ފުރަތަމަ 45 މިނުޓުގެ ތެރޭގައެވެ. މެޗުގައި ލަނޑުޖާހެ އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ ބޭލްއަށެވެ. މިގޮތުން، މެޑްރިޑަށް ލިބުނު ޕެނެލްޓީ ބޭލްއަށް ކާމިޔާބުވާ ގޮތެއްނުވިއެވެ. މިއީ ހުސްވި އަހަރުގެ ޖޫން މަހުގައި ބޭލް މެޑްރިޑަށް ކުޅުނު ފަހުން އޭނާ އެޓީމުގެ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ. ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަވާ ބޭލް ހުސްވި ސީޒަންގައި ޓޮޓްނަމަށް 34 މެޗުގައި 17 ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ.

އަންނަ ހޮނިހިރު ދުވަހު މެޑްރިޑު ލީގުގެ ފުރަތަމަ މެޗުގައި ނުކުންނާނީ އަލްވޭސްއާ ދެކޮޅަށެވެ.