ޚަބަރު

މާފަންނުގެ ބައެއް ސަރަހައްދުތަކުން މިރޭ ފެނުގެ ޚިދުމަތް ކެނޑޭނެ


މާފަންނުގެ ބައެއް ސަރަހައްދުތަކުން މިރޭ ފެނުގެ ޚިދުމަތް ކެނޑޭނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ހާމަކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީން ކޮށްފައިވާ ޓުވިޓެއްގައިވާ ގޮތުން ފެނުގެ ޚިދުމަތް ކެނޑޭނީ މިރޭ 23:00 އިން ފަތިހު 05:00 އަށެވެ.

އެމްޑަބްލިޔުއެސްސީން ވިދާޅުވީ، މިގަޑިތަކުގައި ފެނުގެ ޚިދުމަތް ކެނޑޭނީ ހަނދުވަރީ ހިނގުމާއި ޝާރިއު ވަރުދީ މަގާއި ދެމެދުން މުނިޔާ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކަކުން ކަމަށެވެ.

މިސަރަހައްދުން ފެނުގެ ޚިދުމަތް ކަނޑާލަނީ މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ "ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ މުނިޔާ މަގުގައި ކުރިން އަޅާފައިވާ ފެންހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށްޓަކާކަމަށް އެމްޑަބްލިޔުއެސްސީން ހާމަކޮށްފައިވެއެވެ.

ފެނުގެ ޚިދުމަތް މެދުކެނޑިފައިވާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.