ސިއްހަތު

ސަރުކާރު ހޮސްޕިޓަލްތަކުން އެލައިޑްގެ ހިދުމަތް ލިބޭނެ


އެލައިޑް ޕޮލިސީ ހޯލްޑަރުންނަށް ހެލްތް އިންޝުއަރެންސް ސްކީމްގެ ދަށުން ސަރުކާރުގެ ހުރިހާ ހޮސްޕިޓަލަކުންވެސް ސިއްހީ ޚިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި ހެލްތް މިނިސްޓްރީ އިން ސޮއިކޮށްފިއެވެ.ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމެވެ.އެލައިޑް އިންޝުއަރެންސް ކޮންޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލެވެ.މި އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ އަތޮޅު ތެރޭގައި ސިއްހީ ޚިދުމަތްދޭ ސަރުކާރުގެ ބައެއް ހޮސްޕިޓަލްތަކުން މިހާރު މި ޚިދުމަތް ދެމުން ދިޔަ ނަމަވެސް މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ސަބަބުން އަތޮޅުތެރޭ ސިއްޙީ ޚިދުމަތްދޭ ސަރުކާރުގެ ހުރިހާ މަރުކަޒުތަކަކާއި ހޮސްޕިޓަލްތަކުން މި ޚިދުމަތް އެއް އުސޫލަކުން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.