ކުޅިވަރު

ދިވެހި ޕްރިމިއަރ ލީގުގެ ޝީލްޑް ނިއުރޭޑިއެންޓުން އުފުލާލައިފި


  އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ޝީލްޑް ނިއުރޭޑިއެންޓުން
އުފުލާލައިފިއެވެ. ނިއުރޭޑިއަންޓުން ލީގް ޝީލްޑް އުފުލާލީ ލީގުގެ ފަހު މެޗުގައި ޓީސީއާއި
ދެކޮޅަށް ކުޅެ އެކެއް އެކަކުން އެއްވަރުވި މެޗަށްފަހުއެވެ.   މެޗުގެ ފުރަތަމަ
ގޯލް ޖަހައި ލީޑް ނެގީ ޓީސީއިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޑިފެންޑަރ އިބްރާހިމް
ރިޒްވާންއެވެ. ނިއުރޭޑިއަންޓަށް ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު އަބްދުﷲ އެވެ. މެޗަށްފަހު
ޗެމްޕިއަން ނިއުރޭޑިއަންޓަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާ ޗެމްޕިއަން ޝީލްޑް
އަދި އެފްއޭއެމްއިން ހުށައަޅުއްވާ ރަން މެޑަލް ނިއުރޭޑިއަންޓާއި ހަވާލުކޮށްދެއްވީ
ޝަރަފްވެރި މެހެމާން އުރީދޫ މޯލްޑިވްސްގެ ކޮމާޝަނަލް މެނޭޖަރު ބަލާޖީ ސްރިނިވާސަންއެވެ. ލީގް ފަހު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް
ލިބުނީ ނިއުރޭޑިއަންޓްގެ ޒުވާން ކުޅުންތެރިޔާ ހަމްޒާ މުޙައްމަދަށެވެ. މިއަހަރުގެ
އުރީދޫ ދިވެހި ޕްރިމިއަރ ލީގްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޓީސީގެ
ޒުވާން ފޯވާޑް ނާއިޒް ހަސަންއެވެ. މިއަހަރުގެ ލީގް ނިއުރޭޑިއަންޓުން ކާމިޔާބުކުރީ 33
ޕޮއިންޓާއިއެކުއެވެ. ދެވަނަ މަގާމް ޓީސީއަށް 29 ޕޮއިންޓާއިއެކު ލިބުނުއިރު، ލީގްގެ
ތިންވަނަ މަގާމް ލިބުނީ 24 ޕޮއިންޓާއިއެކު ކްލަބް އީގަލްސްއަށެެވެ. 21 ޕޮއިންޓާއިއެކު
ލީގުގެ ހަތަރުވަނަ މާޒިޔާ ހޯދިއިރު، ލީގްގެ ފަސްވަނަ ޓީމަކީ ވިކްޓްރީއެވެ. އަދި ލީގްގެ
ހަވަނަ ޓީމަކީ ކްލަބް ވެލެންސިޔާއެވެ. ލީގްގެ ހަތްވަނަ މަގާމް ބީޖީ ސްޕޯޓްސް ހޯދިއިރު،
އެޓީމް އަންނަ އަހަރުގެ ލީގުން ޖާގަ ހޯދަން ޕްލޭ އޮފް މެޗެއް ކުޅެން ޖެހޭނެއެވެ.
މިއަހަރުގެ ލީގުގެ ފުލުގައި އޮވެ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައިވަނީ މަހިބަދޫ
ސްޕޯޓްސް ކްލަބެވެ.