ސިއްހަތު

ސިއްޙީ ޚިދުމަތްދޭ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ


ސިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް، ސިއްޙީ ޚިދުމަތްދޭ އަމިއްލަ ފަރާތްތައް މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރައްވަން ޖެހޭކަމަށް ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.އޭއެމްޑީސީގެ ސްޕެޝަލިޓީ ކްލިނިކް ހުޅުއްވައިދެއްވުމަށްފަހު ހެލްތު މިނިސްޓަރ ވިދާޅުވީ އޭއެމްޑީސީއަކީ މިނިސްޓްރީއާއި ގުޅިގެން ޒަމާނީ ސިއްޙީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.އޭއެމްޑީސީއަކީ ކުރިއްސުރެވެސް ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި ވުމަށް ސަމާލު ކަމެއްދީ، މީގެ 24 އަހަރު ކުރީގެ ރިކޯޑްތައް ފަސޭހަ ކަމާއެކު ހޯދާލެވޭގޮތަށް ފަރުމާކޮށްފައިވާ ކުންފުންޏެއްކަން ފާހަގަކުރައްވައި ހެލްތު މިނިސްޓަރ އިރުތިޝާމު އާދަމު ވިދާޅުވީ އެކުންފުނީގެ ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއްކަމަކީ އެ ކުންފުނީގެ ނެޓްވޯކް ޑާޓާބޭސް ގާއިމްކޮށްފައިވާގޮތް ފުރިހަމަވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  ސިއްޙީ ދާއިރާގައި 24 އަހަރު ޚިދުމަތް ދީފައިވާ އޭއެމްޑީސީން އަލަށް ހުޅުވި ސްޕެޝަލިޓީ ކްލިނިކުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްޕެޝަލިސްޓުންގެ ޚިދުމަތް ލިބިގެން ދާނެކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.ހ. ގާދޫ ބިލްޑިންގ އެކުންފުނިން ހުޅުވިސްޕެޝަލިޓީ ކްލިނިކަކީ އެކުންފުނިން ރާއްޖޭގައި ހުޅުވި 3 ވަނަ ކްލިނިކެވެ.