ތަޢުލީމު

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިތުރަށް އެހީތެރިކަން ދެނީ




ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމީ ދާޢިރާގެ
ތެރެއިން އިތުރަށް އެހީތެރިކަން
ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.



މިކަމާއި ގުޅޭ މަޝްވަރާ ކުރިއަށްދިޔައީ ޔުނިސެފްގެ
ކަންޓްރީ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ތަޢުލީމީ ދާޢިރާއާއި ގުޅިގެން މަސައްކަތްކުރެވިދާނެ ޕްރޮގްރާމްތައް
އެކުލަވާލުމާއި ގުޅޭގޮތުން ބޭއްވި
ބައްދަލުވުމުގައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ
މިބައްދަލުވުމުގައި ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތައް އެކުލަވާލުމަށް މަޝްވަރާކޮށްފައިވާކަމަށެވެ.
އަދި މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމީ ދާޢިރާގެ
ތެރެއިން އިތުރަށް އެހީތެރިކަން
ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުންކަމަށެވެ.







މި ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރ އާއިޝަތު ޝިޙާމް އާއި ޔުނިސެފްގެ
ރެޕްރެސެންޓޭޓިވްގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީ އާއި ޔުނިސެފް ފަރާތުން ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.