ޚަބަރު

ކްރިކެޓް މުބާރާތްތަކުގައި ވާދަކުރެވޭނީ 90 އިންސައްތަ ވެކްސިން ޖަހާފައިވާ ކުލަބްތަކަށް


މިއަހަރުގެ ކްރިކެޓް މުބާރާތް މުބާރާތްތަކުގައި ވާދަކުރެވޭނީ 90 އިންސައްތަ ކުޅުންތެރިން ވެކްސިން ޖަހާފައިވާ ކުލަބްތަކަށްކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުންވެސް ވަނީ ވަރަށް ގިނަ ފިޔަވަޅުތަކަށް އަޅަމުންނެވެ. އެގޮތުން އެފްއޭއެމްއިންވެސް ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކުރުމަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ހުރިހާ އެސޯސިއޭޝަންއަކަށްވެސް ވަނީ ކުޅިވަރު މުބާރާތްތައް ކުރިއަށް ގެންދިއުމަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. ބައެއްް އެސޯސިއޭޝަންތަކުން މުބާރާތްތައް ކެންސަލް ކޮޮށްފައިވާއިރު، އަނެއްބައި އެސޯސިއޭޝަންއިން ވަނީ މުބާރާތްތައް ވަކި ހިސާބަކުން ނިންމާލާފައެވެ. ކްރިކެޓް ބޯޑުން ނެރުނު ބަޔާންއެއްގައި ބުނެފައިވަނީ މިއަހަރުގެ ބާކީ މިއޮތް 5 މަސް ދުވަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނީ ޓީ20 ޕްރިމިއާ ލީގް އާއި ރަމަޟާން ކްރިކެޓް ކާނިވަލްްއެވެ.

މިއަހަރު ދެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ރާވާފައި ވީނަމަވެސް، މުބާރާތްތަކަށް ކުރިއަށް ގެންދާނީ ކޯވިޑް-19ގެ ބަލިމަޑުކަމަށް ބަލާ އެޗްޕީއޭގެ ލަފާގެ މަތީންކަމަށްވެސް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެފައިވެއެވެ. އަދި އެބޯޑުން އެންމެ އިސްކަމެއް ދޭނީ ކުޅުންތެެރިންނާއި އޮފިޝަލުންގެ އިތުރުން މުބާރާތްތައް ކުރިއަށް ގެންދިއުމަށް ހަރަކާތްތެރިވާ މުވައްޒަފުންގެ ރައްކާތެރިކަމަށެވެ. އަދި މިބަލިން އަރައި ގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްކަށް އެ ބޯޑުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށްވެސް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ނެރުނު ބަޔާންއެއްގައި ބުނެފައިވެއެވެ.

ކްރިކްޓް ބޯޑުން ނެރުނު ބަޔާނުގައިވާގޮތުން މިއަހަރު އެބޯޑުން މާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ދެ މުބާރާތުގައި ބައިވެރިވާ ކުލަބްތަކުގެ ކުޅުންތެރިންގެ ތެރެއިން ވެކްސިންޖަހާ ކުޅުންތެރިންގެ ތެރެއިން 90 އިންސައްތަ ކުޅުންތެރިން ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަ ކުރަންޖެހޭކަމަށާއި ކުލަބްތަކުން މިކަމަށް ސަމާލުކަން ދިއުމަށްވެސް އެބޯޑުން ވަނީ އެދިފައެވެ.

ކޯވިޑް-19އާއި ގުޅިގެން ނިމިގެންދިޔަ ރޯދަމަހުގައި މެދުކަނޑާލި ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތައް ބަދަލްތަކެއް ގެނެސް މުބާރާތް ކުރިއަށް ގެންދިއުމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ވަނީ ނިންމާފައެވެ.