ޚަބަރު

ޓީ 20ގައި ފުރަތަމަ ފަހަރަށް ބަންގްލަދޭޝްއިން އޮސްޓްރޭލިއާގެ މައްޗަށް ކުރި ހޯދައިފި


ބަންގްލަދޭޝްއާއި އޮސްޓްރޭލިއާގެ މެދުގައި ކުރިއަށްދާ ޓީ20 ސީރީޒްގެ ފުރަތަމަ މެޗު ބަންގްލަޑޭޝް ކާމިޔާބުކޮށްފިއެވެ. މިއީ ބަންގްލަދޭޝްއިން ޓީ 20 މެޗެއްގައި އޮސްޓްރޭލިއާގެ މައްޗަސް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ.

މި މެޗުގައި އެންމެ ފުރަތަމަ ކުޅެން އަރާ ބަންގްލަދޭޝްއަށް 20 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 131 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ލަނޑު ހަދާދިން ޝަކީބް އަލް ހަސަންއެވެ. އަދި ނައީމްވަނީ 30 ލަނޑު ހަދާދީފައެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ލަނޑަށް 3 ވިކެޓް ނެގި ޖޯޝް ހެޒްލްވުޑްއެވެ.

ޖަވާބުގައި އޮސްޓްރޭލިއާއިން ކުޅެން އަރާ 20 އޯވަރުގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 108 ލަނޑެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 45 ލަނޑު ހަދާދިން މިޝޭލް މާޝްއެވެ. ބަންގްލަދޭޝްއަށް އެންމެ ރަނގަޅަށް އުކީ 19 ލަނޑަށް 4 ވިކެޓް ނަގާދިން ނަސުމް އަހްމަދެވެ. އޮސްޓްރޭލިއާގެ ބެޓްސް މަނުންގެ ތެރެއިން ތިން ބެޓްސް މަނުން ނުބައިވީ އެންމެ ލަނޑެއްވެސް ކާމިޔާބު ނުކުރެވިއެވެ.