ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު
ފުރުމާ ގުޅުވައިގެން ހދ ނޭކުރެންދޫގައި ބަނތް ކަޅުއޮށްފުންމީގެ މަސައްކަތްތައް
ނިންމައި މިއަދު ބާލައިފިއެވެ. 
 
ކަޅުއޮށްފުންމި ބޭލުމަށް ހދ. ނޭކުރެންދޫގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހޯމް
މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސަލީމްއެވެ. 
 
ރަސްމިއްޔާތުގައި ވާހަކަފުޅު
ދައްކަވަމުން ސަލީމް ވިދާޅުވީ، މި އޮޑި ބަނުމުގެ އެންމެ ބޮޑު ބޭނުމަކީ
ކިޔަވާކުދިންނަށާއި އަންނަން އޮތް ޖީލަށްވެސް މި އޮޑިއާބެހޭ މައުލޫމާތު ލިބި
އޮޑި ފެންނަން ހުރުންކަމަށެވެ. 
 
އަދި މި ފަދަ މަސައްކަތެއް ކުރެއްވުމުގެ ބޭނުމަކީ
ސަރުކާރުން ތަރައްޤީއަށް މަސައްކަތް ކުރާ ފަދައިން ހެރިޓޭޖަށްވެސް ސަރުކާރުން އަހައްމިއްޔަތު ދެއްވުން ކަމަށް ސަލީމް ވިދާޅުވިއެވެ. 
 
ހޯމް މިނިސްޓްރީން މައުލޫމާތުދެއްވާ ގޮތުގައި ކަޅުއޮށްފުންމި ރަސްމީކޮށް ބާލަން ހަމަޖެހިފައިވަނީ ހއ. އުތީމުގައި ފާހަގަކުރާ ޤައުމީ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. 
 
 ނޭކުރެންދޫއިން ކަޅުއޮށްފުންމި އުތީމަށް ގެންދިއުމުގެ މަގުމަތީގައި ކުޅުދުއްފުއްޓަށް މަޑުކުރާނޭކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ޤައުމީ ދުވަހުގެ ރަސްމިއްޔާތަށްފަހު ކަޅުއޮށްފުންމި މާލެ ގެނެސް 3 ދުވަސް ވަންދެން އާއްމުންނަށް ދައްކާލުމަށާއި، ފޮޓޯ ނެގުމަށް އިއްޒުއްދީން ފާލަމުގައި އަޅާފަ ބާއްވާނެކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. 
 
އަދި އެއަށްފަހު ކަޅުއޮށްފުންމި ބާއްވާނީ ޤައުމީ ދާރުލްއާޡާރުގައިކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. 
 
މިނިވަން 50 ގުޅުވައިގެން ބަނުމަށް ނިންމި، ކަޅުއޮށްފުންމި ބަނުމަށް 117 ދުވަސް ވަނީ
ހޭދަވިއެވެ.