ވިޔަފާރި

ފޭސްބުކްގެ ވެރިޔާ، އޭނާގެ ހިއްސާގެ 99 އިންސައްތަ ބަހާލަނީ


ފޭސްބުކް ކުންފުނީގެ ބާނީ މާރކް ޒަކަރބާރގްއާއި، އަންހެނުން ޕްރިސިއްލާ ޗޭންގެ މިލްކުވެރިކަމުގައިވާ އެ ކުންފުނީގެ ހިއްސާގެ 99 އިންސައްތަ، އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ އެކި އެކި ޖަމާޢަތްތަކަށް ދިނުމަށް ނިންމައިފިއެވެ. ޒަކަރބާރގްއާއި، ޗެން މިކަން ހާމަކޮށްފައި ވަނީ، އެދެ މީހުންނަށް އަލަށް ލިބުނު އަންހެން ދަރިފުޅު މެކްސްއަށް މުޙާތަބްކޮށް ޢާއްމުކޮށްފައިވާ ސިޓީއެއްގައެވެ.މި ސިޓީގައި ފޭސްބުކްގެ ބާނީ ބުނީ، އެ ދެމަފިރިންގެ މިލްކިއްޔާތުގައިވާ ހިއްސާ އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ އެކި ޖަމާޢަތްތަކަށް ދިނުމަށް ނިންމީ ދުނިޔޭގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށާ ދެމީހުންގެ ހިއްސާގެ 99 އިންސައްތަ 45 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.ޒަކަރބާރގް އޭނާގެ އަންހެން ދަރިފުޅަށް ލިޔުނު ސިޓީގައި ބުނެފައިވަނީ، ފޭސް ބުކް ކުންފުނީގެ ސީ.އީ.އޯގެ މަޤާމުގައި އޭނާ ގިނަ އަހަރުތަކަކަށް ދެމިހުންނާނެ ކަމަށާ ކުންފުނީގެ ހިއްސާތަކުގެ ކޮންޓްރޯލް އަދި ވެސް އޮތީ އޭނާގެ އަތުގައި ކަމަށެވެ.