ޚަބަރު

ވިޝާމް ހޯދުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފި


ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލައާ
ގުޅިގެން ފުލުހުން ހޯދަމުންދާ މުހައްމަދު ވިޝާމް ހޯދުމަށް އިންޓަރޕޯލް ރެޑް ނޯޓިސް
ނެރެފިއެވެ.



ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލައާއި
ގުޅިގެން އަށް މީހަކު ހޯދުމަށް ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ވަނީ
އިއުލާންކޮށްފައެވެ. މީގެތެރެއިން މިހާތަނަށް ހައްޔަރުކުރެވިފައިވަނީ ޅ ހިންނަވަރު
ނައިލޯންގެ އަހުމަދު އަޝްރަފް އެކަންޏެވެ. 



ވިޝާމް ހޯދުމަށް ނެރިފައިވާ އިންޓަރޕޯލް ރެޑްނޯޓިސްގައި
ބުނެފައިވަނީ އެނާ ހޯދަމުން އަންނަނީ މަރުގެ އިންޒާރުދިންކަމުގެ
ތުހުމަތުގައިކަމަށެވެ. 



ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލާގައި
ހޯދަމުން އަންނަ 8 މީހުންގެ ތެރެއިން
ވިޝާމްގެ އިތުރުން އިތުރު ތިން މީހެއް ހޯދުމަށްވެސް އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފައިވެއެވެ.  

އެމީހުންނަކީ މ.ސެސްނާ މުހައްމަދު އައްލާމް އަބްދުލް ލަތީފާއި ހ. އައިދަ މުހައްމަދު އަސީލް މުހައްމަދާއި، މ.ލޭންޑް އޮފް ގާރޑަން އަހްމަދު އީޝްފާހް އަލީއާއި ކ.ދިއްފުށި ރަތް ބަގީޗާގޭ އަހްމަދު ފާތިހްއެވެ.