ޚަބަރު

އެއްބަސްވުން އާކުރަން ކިލިއޭނީ ނިންމައިފި


ޔުވެންޓަސްއާ އެކު އަލުން އެއްބަސްވުން ހަދަން އިޓަލީގެ ކެޕްޓަން ޖޯޖިއޯ ކިއެލީނީ ނިންމައިފިއެވެ.
ޔުވެންޓަސް އަށް އަލުން އޭނާ ކުޅޭނެ ކަމާމެދު ސުވާލު އުފެދުނެވެ.

ރެއާލް މެޑްރިޑްގެ ކޯޗު، އިޓަލީގެ ކާލޯ އަންޗެލޯޓީ ވަނީ ކިއެލީނީ އެ ޓީމަށް ގެނައުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ޔުވެންޓަސް އަށް 2005 ގައި ކުޅެން ފެށި، ކިއެލީނީ ވަނީ އެ ޓީމަށް 535 މެޗު ކުޅެފައެވެ. ސެރީ އާގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދިއެވެ.

އިޓާލިން ކަޕް ފަސް ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ވެސް ފަސް ފަހަރު ހޯދިއެވެ. އިޓަލީގެ ކެޕްޓަންގެ ކޮންޓްރެކްޓް ހަމަވީ މިދިޔަ މަހު 30 ގައެވެ.