ޚަބަރު

ސެވިއްޔާއާއި ރޯމާ މެޗު އެއްވަރުވެއްޖެ


ޕްރީ ސީޒަންގެ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ސެވިއްޔާ އާއި ރޯމާ ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ.
ރޯމާ އިން މެޗުގައި ކުޅެފައިވަނީ ޕޯޗުގަލްގައި އެޓީމުން ހަދަމުންދާ ޕްރީސީޒަން ތަމްރީން ތަކުގެ ތެރެއިންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ރޯމާގެ ގޯލް ބެލެހެއްޓި ޑެނިއަލް ފުޒޫޓޯ ވަނީ ގިނަ ހަމަލާތަކެއް ދިފާއުކޮއްފައެވެ.

ދެވަނަ ހާފްގައި ރޯމާ ގޯލް ބެލެހެއްޓީ ޓްރާންސްފާ މާކެޓްގައި އެޓީމާ ގުޅުނު ވުލްވޯސްގެ ކީޕަރު ރުއީ ޕެޓްރީސިޔޯއެވެ. މެޗުގެ ދެވަނަ ހާފްގައި ފަހު 35 މިނިޓުން ފެށިގެން ސެވިއްޔާ ކުޅެމުންދިޔައީ 10 މީހުންނާއެކުއެވެ.

ސެވިއްޔާ ނިމެންޖާ ގުޑެޖް އަށް ދެރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުންފޮނުވާލުމުންނެވެ. ގުޑެޖް އަށް ރަތްކާޑު ދެއްކީ ރޯމާގެ ނިކޮލޯ ޒޮނިއޯލޯ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. މި މެޗުގެ ކުރިން ރޯމާ އިން ވަނީ ޕޯޗުގަލްގެ ތަމްރީން ދަތުރުގެ ތެރެއިން ޕޯޓޯއާ ދެކޮޅަށްވެސް ކުޅެފައެވެ. އެ މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.