ޚަބަރު

އިތުރު 107 މީހުން ކޯވިޑަށް ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 77،000އިން މައްޗަށް


އަތޮޅުތަކުން ޕޮޒިޓިވްވީ 56 މީހަކާއި މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 30 މީހުންނާއެކު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 107މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ޢަދަދުވަނީ 77 ހާހަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 107 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 30 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވީ 56 މީހުން ހިމެނެއެވެ. މީގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 14 މީހަކާއި ހަދަމުން އަންނަ ރަށްރަށުން ޕޮޒިޓިވްވި 6 މީހަކާއި ސިނާޢީ މަސައްކަތްކުރަމުން އަންނަ ރަށަކުން ޕޮޒިޓިވްވި މީހެއްވެސް ހިމެނެއެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 77،309އަށް އަރާފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 52 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ.

އަލަށް ޕޮޒިޓިވްވީ މީހުންނާއެކު މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 2595 އަށް އަރާފައެވެ. މީގެތެރެއިން 13 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.

ރާއްޖޭގައި ކޯވިޑްގެ ޙާލަތު ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5156 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.