މުނިފޫހިފިލުވުން

ސަލްމާންގެ "ބައިޖާން" އަންނަ އަހަރު ދިވާލީއަށް


"ކަބީ ޢީދު ކަބީ ދިވާލީ" ގެ ނަމުގައި ކުރިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ސާޖިދު ނަދިއާދްވާލާގެ ފިލްމުގެ ނަން މިހާރު ވަނީ "ބައިޖާން" އަށް ބަދަލުކޮށްފައެވެ. ސަލްމާންޚާން ލީޑްރޯލުން ފެނިގެންދާ މި ފިލްމުގައި ސަލްމާން ފެންނީ ކައިވެނި ނުކޮށް ހުންނަ 3 ކުދިންގެ ބޭބެއްގެ ރޯލުންނެވެ.

ފަރްހާދު ސަމްޖީ ޑައިރެކްޓްކުރާ މި ކޮމެޑީ ފިލްމުގެ އެންމެ ފަހުގެ ޚަބަރަކީ އަންނަ އަހަރުގެ ދިވާލީގައި ފިލްމު ރިލީޒްކުރަން ނިންމި ވާހަކައެވެ.

ފިލްމުގެ ޝޫޓިންތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ސަލްމާނާއި ޕްރޮޑިއުސަރ ސާޖިދު ވަނީ ދާދި ފަހުން ބައްދަލުކޮށްފައެވެ. ފިލްމު ރިލީޒްކުރާނެ ތާރީހުވެސް ނިމުނީ މި ބައްދަލޗުމުގެ ތެރެއިންކަމަށް ވެއެވެ. ސަލްމާންގެ އެކްޝަން ތްރިލަރ "ޓައިގަރ 3" ގެ މަސައްކަތް ނިންމާލުމަށްފަހު އަންނަ ނޮވެމްބަރުގައި ސަލްމާން ދެން އެންމެ އަވަހަށް ފަށާނީ މި ފިލްމުގެ މަސައްކަތެވެ.

ޑައިރެކްޓަރ ފަރުހާދުގެ "ބައްޗަން ޕާންޑޭ" ގެ މަސައްކަތް މިހާރު ނިމިފައިވުމާއެކު ފަރުހާދު ދެން އެންމެ އަވަހަށް ފަށާނީ "ބައިޖާން" ގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތެވެ. މިއާއެކު މި ފިލްމު ވެގެންދާނީ 2014 ވަނަ އަހަރު ދެއްކި ސޫރަޖް ބަޖްރަތިޔާގެ ފެމިލީ ޑްރާމާ "ޕްރޭމް ރަތަން ދާން ޕާއޯ" އަށްފަހު ދިވާލީގައި ރިލީޒްކުރާ ސަލްމާންގެ ފުރަތަމަ ފިލްމަށެވެ.