ޚަބަރު

އދ ގެ ލޯގޯ ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ގޮވާލައިފި


އދ ގެ ލޯގޯ ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ރާއްޖޭގައި ހުންނަ އދ. ގެ އޮފީހުން ގޮވާލައިފިއެވެ.އެ އޮފީހުގެ ރަސްމީ ޓްވިޓަރ އެކައުންޓުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ދާދިފަހުން ރާއްޖޭގައި ބޭއްވުނު މުޒާހަރާތަކުގައި އދ. ގެ ލޯގޯ ނަހަމު ގޮތުގައި  ބޭނުންކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި އެކަމަކީ އދ. ގެ ލޯގޯ ބޭނުންކުރުމުގެ ޤަވާޢިދާ ޚިލާފް ކަމެއް ކަމަށެވެ.ވަކި ފަރާތަކަށް ނުޖެހުމަކީ އދ. ގެ މައިގަނޑު އެއް ސިޔާސަތުކަން ފާހަގަކޮށް، އދ. ގެ ލޯގޯ އެއްވެސް ސިޔާސީ ޕާޓީއަކުން ސިޔާސީ ބޭނުމެއްގައި ބޭނުން ނުކުރުމަށްވެސް އެ އޮފީހުން ގޮވާލާފައިވެއެވެ.މީގެ އިތުރުން ހުރިހާ ފަރާތްތަކަކުންވެސް އދ. ގެ ލޯގޯ ބޭނުންކުރުމުގައި، އެ ލޯގޯ ބެނުންކުރުމުގެ ޤަވާޢިދަށް ޢަމަލުކުރުމަށްވެސް އެ އޮފީހުން ގޮވާލާފައިވެއެވެ.