ވިޔަފާރި

އެންމެ ރަނގަޅު އެއަރލައިންގެ އެވޯޑް ޤަތަރު އެއަރވޭސްއަށް!


މިދިޔަ އަހަރުގެ އެންމެ ރަނގަޅު އެއަރލައިންގެ އެވޯޑް ޤަތަރު އެއާވެއިންސްއިން ހޯދައިފިއެވެ.

މިއީ އެއާލައިންތައް ވަޒަން ކުރާ ވެބްސައިޓެއް ކަމަށްވާ އެއާލައިން ރޭޓިންގް ޑޮޓް ކޮމްއިން ދޭ އެވޯޑެކެވެ.

އެއާލައިންރޭޓިން ވެބްސައިޓުން މިލަޤަބު ދެނީ، އެއާލައިންގެ ރައްކާތެރިކަމާއި، ދަތުރުވެރިންގެ ހިތްހަމަޖެހުމާއި، ދަތުރު ކުރާ ރާސްތާތައް ވަޒަން ކުރުމަށް ފަހުއެވެ. އަދި އެހެން އަހަރުތަކާއި ހިލާފަށް މިފަހަރު ކޯވިޑް-19ގެ ރައްކާތެރިކަމަށް އެއަރލައިންތަކުން އަޅާފައިވާ ފިޔަވަޅުތަކަށްވެސް އެއަރލައިންތަކުން ބަލާފައިވެއެވެ.

ޤަތަރު އެއާވެސްއިން ލިސްޓުގެ އެއްވަނަ ހޯދިއިރު، އެ އެެއަރލައިނުން ވަނީ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓު އެސޯސިއޭޝަންގެ ސޭފްޓީ އޮޑިޓް ނިންމުމުގެ އިތުރުން، ކޯވިޑް ސޭފް ޓްރެވެލް ޕާސް އެންމެ ފުރަތަމަ ހޯދީވެސް އެ އެއަރލައިނުންނެވެ.

މިލިސްޓަށް ކޮންމެ އަހަރު އަރަނީ އެވެބްސައިޓުގެ ސެވެން ސްޓަރ ސޭފްޓީ ރޭޓިންގް ލިބޭ އެއާލައިންތަކަށެވެ. އެގޮތުން 350 އަށް ވުރެ ގިނަ އެއާލައިން ރިވިއުކުރިއިރު، މިމިންގަނޑަށް ފެތެނީ 150 ވަރަކަށް އެއާލައިންއެވެ.

މިލިސްޓުގައި ފާހަގަކޮށްލެވޭ އެހެން އެއަރލައިންތަކަށް ބަލާއިރު ބެސްޓް ފަސްޓް ކްލާސްއަށް ހޮވިފައިވަނީ ސިންގަޕޫރު އެއާލައިންސްއެވެ. އަދި ބެސްޓް ބިޒްނަސް އެއަރލައިން ޤަތަރު އެއާރވޭސްއން ހޯދިއިރު، އެންމެ އަގުހެޔޮ އެއާލައިންތައްވެސް ހޮވާފައިވެއެވެ.

ޤަތަރު އެއާވޭސްއަކީ ރާއްޖޭއަށްވެސް ޝެޑިއުލް ދަތުރު ކުރާ އެއާލައިނެކެވެ. ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުތެރޭ އަލުން ހުޅުވާލުމާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ. މިއާއެކު ޤަތަރު އެއަރވޭސްއިން ވަނީ މިދިޔަމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 974 ދަތުރުކޮށްފައެވެ. އަދި މިހާރުވެސް ދުވާލަކު 4 ދަތުރު އެ އެއަރލައިނުން ރާއްޖެއަށް ބާއްވައެވެ.