ދީން

ބަހާއުއްދީން މިސްކިތް ހުރި ތަނުގައި އާ މިސްކިތެއް ބިނާކުރަނީ


މާވެޔޮ މަގުގައި
ހުންނަ މަސްޖިދު ބަހާއުއްދީން މިސްކިތް ހުރި ތަނުގައި އާ މިސްކިތެއް ބިނާކުރުމަށް
އެމިސްކިތް ބަންދުކޮށްފިއެވެ.



އިސްލާމިކް
އެފެއަރޒް މިނިސްޓްރީން ވިދާޅުވީ މަސްޖިދުލް ބަހާއުއްދީން މިސްކިތް ތަޅާލައި އެތަނުގައި
އާ މިސްކިތެއް ބިނާކުރަނީ ހެޔޮއެދޭ ފަރާތަކުންކަމަށެވެ. އަދި މި މިސްކިތް ބިނާ
ކުރެވިގެންދާނީ ތިން ބުރިއަށް ކަމަށާއި މިސްކިތުގެ މަސައްކަތް ނިމޭއިރު މިހާރު
ހުރި މިސްކިތައްވުރެ ޖާގައިގެ ގޮތުން އެ މިސްކިތް ބޮޑުވާނެކަމަށެވެ.

 މިހާރު އެ
މިސްކިތުގައި އެއްފަހަރާ ނަމާދުކުރެވެނީ 400 އާއި 500 އާއި
ދެމެދުގެ އަދަދެއްގެ މީހުންނަށެވެ. އާ މިސްކިތް ބިނާކުރެވެމުމުން އެއްފަހަރާ
1000 މީހުންނަށް ނަމާދު ކުރެވޭނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.



އިސްލާމިކް
އެފެއަރޒް މިނިސްޓްރީން ވިދާޅުވީ އެ މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ޒަމާނީ
ޑިޒައިނަކަށްކަމަށާއި ޚާއްސައެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން
ބޭނުންކުރެވޭގޮތަށްކަމަށެވެ. އަދި މި މިސްކިތް ބިނާކުރެވޭއިރު ގުއްބަކާއި މުންނާރެއްވެސް
ހުންނާނެކަމަށް އެމިނިސްޓްރީން ފާހަގަކުރެއެވެ.

އަހަރެއްހާ ދުވަހުގެ ތެރޭގައި މި މިސްކިތުގެ
މަސައްކަތް ނިންމާލުމަށްވަނީ ހަމަޖެހިފައެވެ.