ޚަބަރު

ބެންޒީމާއަށް ކޯވިޑް-19 ޖެހިއްޖެ


ރިއާލް މެޑްރިޑްގެ ފޯވާޑު ކަރީމް ބެންޒިމާ ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ކުރިއަށް އޮތް ސީޒަނަށް ރިއާލް މެޑްރިޑުން ތަމްރީން ކުރަމުންދާއިރު، ބެންޒީމާ މެޑްރިޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން އައިސްފައިވަނީވެސް މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ރިއާލް މެޑްރިޑްގެ ފޯވާޑު ކަރީމް ބެންޒެމާއަށް 6 އަހަރު ފަހުން ފްރާންސްގެ ޤައުމީ ޓީމުން ޖާގަ ހޯދުމަށްފަހު، ނިމިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ފްރާންސް ކަޓާފައިވަނީ ސްވިޒަލެންޑް އަތުންނެވެ.

ޔޫރޯއަށްފަހު ކުޅުންތެރިން ޗުއްޓީ ނިންމާ، އެނބުރި ކުލަބުގެ ފަތިރތަކުރުންތަކުގައި ބައިވެރިވުމުގެ ކުރިން ހެދި ޓެސްޓުން ބެންޒީމާވަނީ ކޯވިޑް-19އަށް ފައްސިވެފައެވެ. 33 އަހަރުގެ ބެންޒީމާ ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން މިއަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރިއާލް މެޑްރިޑުން ރޭންޖާސްއާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗެއްގައި ބެންޒީމާއަކަށް ނުކުޅެވޭނެއެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ބެންޒީމާ މިހާރުވަނީ ޓީމާއި އެކަހެރިވެފައެވެ. 10 ދުވަހުގެ އައިސޮލޭޝަން ފުރިހަމަ ކުރަން ބެންޒީމާ ޖެހިފައިވާއިރު، ބެންޒީމާއަށް އެންމެ އަވަހަށްސް މެޑްރިޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނީ ކޯވިޑް-19އަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.

މިއަހަރުގެ ޔޫރަޕްގެ ސީޒަންގައި ބެންޒީމާ ވަނީ 46 މެޗު ކުޅެ 30 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އުމުރުން 33 އަހަރުގެ ބެންޒީމާގެ ފަރާތުން ނިމިގެންދިޔަ ސީޒަންގައި ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

އަލްޖީރިއާ އަށް އުފަން ބެންޒީމާ އެންމެ ފުރަތަމަ ފްރާންސްގެ ޤައުމީ ޓީމަށް ކުޅެފައިވަނީ 2007 ވަނަ އަހަރުއެވެ.