ޚަބަރު

20 އަހަރު ފަހުން ޕާމާގެ ޖާޒީގައި ބުފޯން ކުޅެފި


ޖިއާންލުއިޖީ ބުފޯން 20 އަހަރު ފަހުން ޕާމާގެ ޖަރޒީގައި މެޗެއް ކުޅެފިއެވެ.

ސެރިއާގެ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވީއެފްއެލް ބޮޚުމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ބުފޯން ވަނީ ޕާމާގެ ގޯލު ބަލަހައްޓާފައެވެ. މިއީ 20 އަހަރަށްފަހު ޕާމާއަށް ބުފޯނަށް ކުޅުނު ފުރަތަމަ މެޗެވެ. މިހާރު އުމުރުން 43 އަހަރުގެ ގޯލުކީޕަރު ޕާމާ ދޫކޮށް އިޓަލީގައި ޔުވަންޓެސްއަށް ގުޅުނީ 2001ވަނަ އަހަރު އޭރު ދުނިޔޭގެ ރިކޯޑް ފީއެއްކަމަށްވާ 53 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިމެޗުގައި ބޮޙުމް އަތުން ޕާމާ ވަނީ 1-0 ލަނޑުން ބަލިވެފައެވެ.

މި މެޗުގައި ޕާމާގެ ގޯލު ބުފޯން ބެލެހެއްޓީ މެޗުގެ ފުރަތަމަ ހާފުގައެވެ. ބުފޯން ވަނީ އިޓަލީގެ ޤައުމީ ޓީމުގެ ކެޕްޓަންކަން ކުރުމުގެ އިތުރުން 2006ވަނަ އަހަރުގެ ވަރލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ތަށި އިޓަލީއެކު ކާމިޔާބުކޮށްފައެވެ. އަދި ޔުވެންޓަސްއާއެކުވެސް ބުފޯންވަނީ ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައެވެ.

އިޓަލީގެ ޔުވެންޓަސް ދޫކޮށް، ދެން ބުފޯން ބަދަލުވެފައިވަނީ ފްރާންސްގެ ޕީއެސްޖީއަށެވެ.