ޚަބަރު

ޒެމްބިއާ ކޮޅަށް ނެދަލެންޑްސް 10 ލަނޑު ޖަހައިފި


މިހާރު ޖަޕާނުގެ ޓޯކިޔޯގައި ކުރިޔަށްދާ އޮލިމްޕިކްސް އަންހެނުންގެ ފުޓުބޯޅަ އިވެންޓުގައި އަލަށް ވާދަކުރާ ޒެމްބިޔާ ކޮޅަށް ނެދަލެންޑްސްއިން 10 ލަނޑު ޖަހައިފައެވެ.

2019 އަހަރުގެ އަންހެނުންގެ ވަރލްޑްކަޕް ރަނަރަޕްކަން ހޯދި ނެދަލެންޑްސްއިން މެޗު ކާމިޔާބު ކުރީ 10-3 ލަނޑުންނެވެ. މި މެޗުގައި ޒެމްބިޔާއިން ޖެހި ތިން ލަނޑުވެސް ކާމިޔާބު ކޮށްދިނީ ބާބާ ބަންޑާއެވެ. ބާބާ ބަންޑާގެ ގޯލް ވެގެންދިޔައީ އޮލިމްޕިކް ފުޓުބޯޅަ މުބާރާތުގެ އަންހެނުންގެ ފުޓުބޯޅަ އިވެންޓުގައި ޒެމްބިޔާއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑަށެވެ. އަދި އުމުރުން 21 އަހަރުގެ ޕްރޮފެޝެނަލް ބޮކްސިންގައި ހަރަކާތްތެރިވާ ބާބާ ވެގެން ގޮސްފައިވަނީ އޮލިމްޕިކް ފުޓުބޯޅަ އިވެންޓު މެޗެއްގައި ތިން ލަނޑު ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ޒެމްބިޔާ މުބާރާތުން ޖާގަ ހޯދީ 2019ވަނަ އަހަރު ވަރލްޑްކަޕް ކޮލިފައިންގައި ބަލިވި ކެމެރޫންއާއި 9 ފަހަރަށް އެފުރިކާގެ ޗެމްޕިއަންކަން ހޯދި ނައިޖީރިޔާ ފަހަތަށް ޖައްސާލުމަށްފަހުއެވެ. ޒެމްބިޔާއަށް ވުރެ ފީފާ ރޭންކިންގެ 100 ދަރަޖަ މަތީގައި އުޅޭ ނެދަލޭންޑްސްގެ ކޯޗަކީ އިނގރޭސިވިލާތުގެ ސެރީނާ ވީމޭންއެވެ.