ޚަބަރު

ގްރޭޓް ބްރިޓަން މޮޅަކުން އޮލިމްޕިކްސް ފަށައިފި


މިހާރު ކުރިޔަށްދާ އޮލިންޕިކްސް އަންހެނުންގެ ފުޓުބޯޅަ އިވެންޓުގައި ގްރޭޓް ބްރިޓަން މޮޅާކާއެކު ފަށައިފިއެވެ.

ގްރޭޓް ބްރިޓަން މި މެޗު ކާމިޔާބުކޮށްފައިވަނީ ޗިލީގެ އަންހެން ޓީމާއި ވާދަކޮށް 2 ލަނޑު 0 ލަނޑުންނެވެ. މެޗުގައި ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ އެލެން ވައިޓްއެވެ.

މި މެޗު ކުޅެފައިވަނީ ޖަޕާނުގެ ސަޕޯރޯގައި ކުޅިބެލުންތެރިން ނުވައްދައެވެ. އޮލިމްޕިކްސް ރަސްމީކޮށް ފެއްޓުމުގެ ދެ ދުވަސް ކުރިން ވަނީ އަންހެނުންގެ ފުޓުބޯޅަ އިވެންޓު ފަށާފައެވެ. މިފަހަރުގެ ގޭމްސްގައި ގްރޭޓް ބްރިޓަނުން އެކި ކުޅިވަރު ތަކުގައި 376 އެތުލީޓުން ބައިވެރިވާނެއެވެ.