ޚަބަރު

އާރކްއިން ހޭލުންތެރިކުރުމުގެ މީޑިޔާ ކްލިޕްތަކެއް އިފްތިތާހްކޮށްފި


އާރކް އާއި ލަންކާގައި ހުންނަ އިނގިރޭސި
ހައިކޮމިޝަން ގުޅިގެން، އަންހެންކުދިން ބާރުވެރިކުރުމުގެ މަޤްޞަދުގައި
ހޭލުންތެރިކުރުމުގެ މީޑިޔާ ކްލިޕްތަކެއް އިފްތިތާޙްކޮށްފިއެވެ.





މޫކައި ހޮޓެލްގައި މިކަމަށްޓަކާބޭއްވި
ހަފްލާގައި މި ކްލިޕްތައް އިފްތިތާހްކޮށްދެއްވީ ހެލްތް މިނިސްޓަރ އިރްތިޝާމް
އާދަމެވެ. ކްލިޕްތައް އިފްތިތާހްކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ
އިރުތިޝާމް އާދަމް ވަނީ ޙާއްޞަކޮށް ޕޮލިސީ ލެވެލްގައި އަންހެނުންގެ ދައުރު
އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.





މިހަފްލާގައި، އާރކްގެ މެނޭޖިންގ ޑިރެކްޓަރ
ހަވްލާ އަހުމަދު ވަނީ އަންހެނުންނަށް ކުރާ އަނިޔާތަކާ، ޖިންސީ
ތަފާތު ކުރުންތައް ނައްތާލުމަށްޓަކާ، އަންހެންކުދިން ބާރުވެރިކުރުމުގެ
މުހިންމުކަން ފާހަގަކުރައްވާފައެވެ.





މިހަފްލާގައި އިނގިރޭސިވިލާތުގެ ފޮރިން
އެންޑް ކޮމަންވެލްތް އޮފީހުގެ ސައުތު އޭޝިޔާ ޑިޕާޓްމެންޓްގެ ހެޑް، ލޯރާ ކްލާކްވެސް
ބައިވެރިވަޑައިގަންނަވާފައިވެއެވެ. އާރކްއިން ކުރިޔަށްގެންދާ "ގްރޭސް"
ކެންޕޭނުގެ ދަށުން ތައްޔާރުކޮށްފައިވާ މި ވީޑިޔޯ ކްލިޕްތަކަކީ އަންހެން ކުދިންނަށް
އިޖްތިމާއީ ގޮތުންނާއި ޘަޤާފީގޮތުން  އަދި
އިޤްތިޞާދީގޮތުން، ވަކި ޖިންސަކަށް ނިސްބަތްވުމުގެ ސަބަބުން ކުރިމަތިވާ ހުރަސްތަކާ
ގޮންޖެހުންތައް ކަޑައްތުކުރުމަށް އެކުދިން ބާރުވެރިކުރުމަށް އުފައްދާފައިވާ މީޑިޔާ
ކްލިޕްތަކެކެވެ.



އެޑްވޮކޭޓިންގ ދި ރައިޓްސް އޮފް ޗިލްޑްރެން، ނުވަތަ އާރކް އަކީ ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.