ޚަބަރު

ހައުސިންގ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ހޯމް މިނިސްޓަރަށް


މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ހިންގެވުން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރާ ހަވާލުކުރައްވައިފިއެވެ. ހައުސިންގ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ހޯމް މިނިސްޓަރާއި ހަވާލުކުރައްވާފައިވަނީ، ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒު އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ހައުސިންގ މިނިސްޓަރ އެނބުރި ވަޑައިގެންނަވަންދެން ހައުސިންގ މިިނިސްޓްރީ ހިންގެވުން ހޯމް މިނިސްޓަރާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާކަމަށެވެ.