މުނިފޫހިފިލުވުން

"މިސް އިންޑިއާ ކުއީން 2021" ޖަޖަކަށް މަލައިކާ އަރޯރާ


މިއަހަރުގެ އޮކްޓޫބަރު މަހު އިންޑިއާގެ ގޯއާގައި ބާއްވަން ހަމަޖެހިފައިވާ "މިސް އިންޑިއާ ކުއީން 2021: ޕެހެޗާން މެރީ" ގެ ޖަޖަކަށް މަލައިކާ އަރޯރާ ހަމަޖައްސައިފިއެވެ.

ސެޕްޓެމްބަރު 29 ގައި ފަށާ މި ޝޯ ގެ ގްރޭންޑް ފިނާލޭ އޮންނާނީ އަންނަ އޮކްޓޫބަރު 3 ގައެވެ.
މިކަން ޙިއްޞާކުރުމުގެ ގޮތުން މަލައިކާ ވަނީ އޭނާގެ އިންސްޓްގްރާމްގައި މިކަން ހާމަކޮށްފައެވެ. އަދި މި އިވެންޓަށް ދިއުމަށް ވަރަށް ބޭނުންވެފައިހުރިކަންވެސް މަލައިކާވަނީ ބުނެފައެވެ.

ނެޓްފްލިކްސް އިން ދެއްކި "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" އިން ޙާއްޞަ ފެނުލިމެއްގައި މަލައިކާ ވަނީ ފެނިފައެވެ. މީގެއިތުރުން ސުޕަރ ޑާންސް ޗެޕްޓަރ 4 ގެ ޖަޖެއްގެ ގޮތުގައިވެސް މަލައިކާ ދާދިފަހުން ވަނީ ފެނިފައެވެ.