ޚަބަރު

ދުބާއީ އެކްސްޕޯގައި ރާއްޖޭގެ ދިދަ އުފުލުމުގެ ފުރުޞަތު ދީމާއަށް


ދުބާއީ އެކްސްޕޯގައި ޤައުމީ ދިދަ އުފުލުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީއަށް ލިބިއްޖެއެވެ.

2019ވަނަ އަހަރުގެ އިންޑިޔަން އޯޝަން އައިލެންޑު ގޭމްސްގައިވެސް ދީމާވަނީ ރާއްޖޭގެ ދިދަ އުފުލައިފައެވެ. އެ އަހަރު ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިއަކީވެސް ދިމާއެވެ. އެ ގޮތުން އޭނާވަނީ ރާއްޖެއަށް ތިން ރަން މެޑަލް ހޯދާދީފައެވެ. އޭގެ އިތުރުން ދީމާވަނީ ސައުތު އޭޝިޔާ ހޯޕްސް މުބާރާތުން ރަން މެޑަލެއް ހޯދައި އޭޝިޔާ ހޯޕްސް މުބާރާތުން ރިހި މެޑަލެއް ހޯދައިފައެވެ. ޢުމުރުން 13 އަހަރުގެ ދިމާއަކީ ދާދިފަހުން ނެރުނު ދުނިޔޭގެ ޖޫނިޔަރ ރޭންކިންގެ 1ވަނަ ކުޅުންތެރިޔާއެވެ.

ދުބާއީގައި ބާއްވާ އެކްސްޕޯއަކީ އާކިޓެކްޗާއާއި ޓެކްނޮލޮޖީގެ އެންމެފަހުގެ ވަޞީލަތްތައް ތައާރަފުކުރުމާއި ޢާންމުންނަށް ދައްކާލުމަށް ބާއްވާ އެކްސްޕޯއެކެވެ. އެ އެކްސްޕޯ ކުރިޔަށްދާނީ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހުން އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ.