ޚަބަރު

އަބްދުއްސައްތާރު މޫސާދީދީގެ މައްޗަށް ޣައިބުގައި ކަށުނަމާދުކޮށްފި


ދިވެހި
ދައުލަތަށް ގިނަދުވަހު ޚިދުމަތް
ކުރެއްވި ޢިއްޒަތްތެރިއެއް ކަމަށްވާ ނިޝާން
ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ
ޢަބްދުއްސައްތާރު މޫސާ ދީދީގެ މައްޗަށް ޣައިބުގައި ކަށުނަމާދުކޮށްފިއެވެ.



އެ މަރްޙޫމްގެ
މައްޗަށް  ޣައިބުގައި ކަށުނަމާދުކުރީ މިރޭ އިޝާ
ނަމާދަށްފަހު މަސްޖިދުލް ސުލްތާން މުޙައްމަދު ތަކުރުފާނުލް
އަޢުޒަމްގައެވެ. އިމާމެވަޑައިގެން ކަށުނަމާދުކުރެއްވީ އައްޝައިޚު ޢުޘްމާން
އަބްދުﷲއެވެ. މި ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާވެސް
ބައިވެރިވެވަޑައިގެންނެވިއެވެ.



މަރްޙޫމްގެ
ޖަނާޒާ އިއްޔެ ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ވަނީ ބާއްވާފައެވެ.  ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ މަންދޫބެއްގެ ޙައިސިއްޔަތުން މިނިސްޓަރ އޮފް
ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
އާދަމް ޝަރީފް ޢުމަރު
ވަނީ އެމަނިކުފާނުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފައެވެ.



ޢަބްދުއްސައްތާރު މޫސާ ދީދީ
އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ
ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެ، މިކަމުގެ
ހިތާމައިގައި، ތިން
ދުވަސް ވަންދެން ދިވެހި
ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ
ވަނީ ހަމަޖައްސަވާފައެވެ.