ޚަބަރު

މަސްތުވާތަކެއްޗާއިއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި


ކ.ކާށިދޫ ޕޮލިސް ސްޓޭޝަނަށް ހިންގި
ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ 57 ސެލޯފިން ކޮޅާއި
އެކު 17 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.



އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފުލުހުންނަށް ލިބުނު
މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 2015 ނޮވެމްބަރ 28
ވަނަ ދުވަހު 01:40 ހާއިރުކަމަށް ފުލުހުން މައުލޫމާތުދެއެވެ.



ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސް ކުރި އިރު އޭނާ
ދިރިއުޅޭ ކޮޓަރީގެ ހުރި އަލަމާރި ބިއްދޮށުގައި ހުރި ޕްލާސްޓިކް ދަޅެއްގެ ތެރެއިން
ވަނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 57 ސެލޯފިން ކޮޅު ފެނިފައިވާކަމަށް
ފުލުހުން މައުލޫމާތުދެއެވެ.



މިމައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.