ޚަބަރު

އެކްސްޕޯގައި ތަކެތި ބައިވެރިކުރުމުގެ މުއްދަތު އިތުރުކޮށްފި


އެކްސްޕޯ މޯލްޑިވްސްގައި ބައިވެރިވާ ފަރާތްތަކުން ތަކެތި ހުށައެޅުމުގެ
މުއްދަތު ޑިސެންބަރުމަހުގެ ފަސްވަނަ ދުވަހާއި ހަމައަށް އިތުރުކޮށްދީފިއެވެ.



އެކްސްޕޯގައި ބައިވެރިކުރާ ތަކެތި
ހުށައެޅުމުގެ މުއްދަތު މިފެށޭ މަހު ފަސްވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވީ
ނަމަވެސް އެކްސްޕޯގައި ބައިވެރިވުމަށް ފޯމު ހުށައަޅަންޖެހޭ އެންމެ ފަހު ތާރީޚަށް
ބަދަލެއް ގެނެސްފައިނުވާކަމަށް މައުރަޒު އޮފީހުން މައުލޫމާތުދެއެވެ.





އެގޮތުން މިހާރުވެސް އެކްސްޕޯގައި
ބައިވެރިވުމަށް އެދި ފޯމު ހުށައަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ މިފެށޭ ޑިސެމްބަރުމަހުގެ
ފުރަތަމަ ދުވަސްކަމަށް މައުރަޒު އޮފީހުން 
މައުލޫމާތުދެއެވެ. މައުރަޒުގައި ތަކެތި ބައިވެރިކުރާ ފާރާތްތަކުން މިހާރު
އެމީހުންގެ ބައެއް އުފެއްދުންތައް މައުރަޒު އޮފީހަށް ފޮނުވަމުންދާއިރު އަދިވެސް
ބައެއް ފަރާތްތަކުން ދަނީ މައުރަޒަށް ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް
ފޯރިޔާއެކު ކުރަމުންނެވެ.





މިފަހަރުގެ މައުރަޒުގައި
ފަސްދޮޅަސް ފަސްގިންތިއެއްގައި ހަ ދާއިރާއިން ތަކެތި ބައިވެރިކުރެވޭއިރު އޭގެ
ތެރޭގައި ދިވެހި ކޮންމެ އުފެއްދުމަކަށްވެސް ޖާގަލިދެވޭނެކަމަށް މައުރަޒު އޮފީހުން
މައުލޫމާތުދެއެވެ. އެކްސްޕޯ މޯލްޑިވްސް 2015ގައި ބައިވެރިވުމުގެ ފުރުޞަތު
ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ހުޅުވިފައިވާއިރު އެކްސްޕޯ ބޭއްވުމަށް
ހަމަޖެހިފައިވަނީ ޑިސެންބަރު 22 ން 28 އަށް ދަރުބާރުގޭގައެވެ.