މުނިފޫހިފިލުވުން

ސުޕަރ ހީރޯ "ބްލެކް އެޑަމް" ޕްރިމިއަރ ކުރުން އަންނަ އަހަރު


ފިލްމުގެ މަސައްކަތްތައް ފެށިތާ ދުވަސްތަކެއްވެފައިވާ އެމެރިކަން ސުޕަހީރޯ ފިލްމު "ބްލެކް އެޑަމް" އަންނަ އަހަރު ޖުލައި މަހު ޕްރިމިއަރ ކުރަން ނިންމައިފިއެވެ. ޑީސީ ކޮމިކް ކެރެކްޓަރގެ "ބްލެކް އެޑަމް" ގެ ވާހަކައިގެ މައްޗަށް ހަދާ މި ފިލްމު ޑައިރެކްޓް ކުރަނީ ޖައުމޭ ކޮލެޓް ސެރާއެވެ.

ކުރީގެ ބޮކްސިން ކުޅުންތެރިޔާ ޑުވޭން ޖޯންސަން، ދަ ރޮކް ބްލެކް އެޑަމް ގެ ރޯލުން ފެންނައިރު ރޮކްގެ އިތުރުން ނޯހު ސެންޓިނިއާއޯ، ސަރާ ޝާހީ، އަލްޑިސް ހޯޖް ވެސް ފެނިގެންދާނެއެވެ.

ޕްރޮޑަކްޝަން މަސައްކަތްތައް މިހާރު ކުރިއަށްދާ މި ފިލްމުގެ ބައެއް މަންޒަރުތައް ރޮކް ވަނީ މިދިޔަ ހަފްތާ އޭނާގެ އިންސްޓަގްރާމްގައި ޙިއްޞާވެސް ކޮށްފައެވެ.

އަދި ޑީސީ ކުރީގެ ބައެއް ފިލްމުތައް ކަމަށްވާ "ޝަޒަމް" ، "ޒެކް ސިންދާރސް ޖަސްޓިސް ލީގް" ފަދަ ފިލްމުތަކަށްވުރެ މި ފިލްމު މާ ވަރުގަދަވާނެކަމަށް ރޮކް ބުނެއެވެ.

ރޮކްގެ އެންމެ ފަހުން ނުކުތް "އެފް 9" ވެސް އަންނަނީ ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް ހޯދަމުންނެވެ.