ޚަބަރު

ގެމަނަފުށްޓަށް ދަތުރުކުރި ދޯންޏެއް ވިލިގިނލި ފަރަށް އަރައިފި


ގއ. ވިލިނގިލިން ފުރައިގެން
އެއަތޮޅު ގެމެނަފުށްޓަށް ދަތުރުކުރަމުންދިޔަ، ގެމަނަފުށީ "މަސްވާލި" ނަމަކަށްކިޔާ
ދޯންޏެއް ވިލިނގިލީ ފަރަށް އަރައިފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 3:59
އެހާކަންހާއިރު މިދޯނި ވިލިނގިލީ ފަރަށް އަރާފައިވަނީ ވިލިނގިލީ ނެރުން
ނުކުތްތަނާއެވެ. އަދި ދޯނި ފަރުމައްޗަށް އެރުމާ ގުޅިގެން ދޯންޏާއި، ދޯނިން ދަތުރު ކުރި
މީހުން ސަލާމަތް ކުރުމަށް ފުލުހުން ވަގުތުން ޙަރަކާތްތެރިވިއެވެ. 

އެގޮތުން މި ހާދިސާ ހިނގިއިރު ދޯނީގައި 9 ފިރިހެނުންނާއި 7
އަންހެނުންނާއި 5 ކުދިން ތިއްބިކަމަށާއި، އޭގެ ތެރެއިން  ދޯނީގައި ތިބި އަންހެނުންނާ ކުޑަކުދިން ވަނީ
ފުލުހުންގެ އެހީތެރިކަމާއެކު ވިލިނިގިއްޔަށް ރައްކާތެރިކަމާއެކު ގެންދެވިފައިކަމަށް
ފުލުހުން މައުލޫމާތުދޭއެވެ. 

ދޯނީގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް
ގެއްލުމެއް ލިބިފައިނުވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.



ފުލުހުން ބުނީ
ފަރަށް އެރި ދޯނި ވިލިގިނލި ފަޅަށް މިހާރު ވައްދާފައިވާކަމަށެވެ.