ޚަބަރު

ރިވައިވަލްގެ ހެޑު ކޯޗަކަށް ނަޝްފާން


ރިވައިވަލް ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗަކަށް ނަޝްފާން މުހައްމަދު ހަމަޖައްސައިފިއެވެ.

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރިވައިވަލްގެ ހެޑު ކޯޗަކަށް ހަމަޖެއްސި ނަޝްފާންވަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ގިނަ ދުވަސްތަކެއް ވަންދެން ބެޑުމިންޓަން ކުޅެފައެވެ. 2019ވަނަ އަހަރުގެ އިންޑިޔަން އޯޝަން އައިލޭންޑު ގޭމްސްގައި ވާދަކޮށް ލޯ މެޑަލް ހޯދި ޓީމުގެ ކެޕްޓަނަކީވެސް ނަޝްވާނެވެ. އަދި މީގެ ކުރިން އެނާވަނީ އިންޑިޔަން އޯޝަން އައިލޭންޑު ގޭމްސްގައި އޭނާވަނީ އެއް ރިހި މެޑަލާއި ދެ ލޯ މެޑަލް ހޯދައިފައެވެ. އެންމެ މަތީ ފަންތީގައި ކުޅުމަށްފަހު އޭނާ ކުޅުން ހުއްޓާލާފައިވަނީ މިދިޔަ އަހަރުއެވެ.

ރިވައިވަލުންވަނީ ބެޑުމިންޓަންގައި ރާއްޖޭގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެ ގޮތުން ޤައުމީ ފަންތީގައި 14 މެޑައްޔާއި ބައިނަލްއަޤްވާމީ މައިދާނުގައި އެއް ރަން މެޑައްޔާއި ދެ ލޯ މެޑަލް ހޯދާފައެވެ.