މުނިފޫހިފިލުވުން

"ޝޫޓް އައުޓް 3: ގޭންގް ވޯރސް އޮފް ބޮމްބޭ" ގައި އަދިތްޔާ


2007 ވަނަ އަހަރު ދެއްކި ސަންޖޭ ގުޕްތާގެ ފިލްމު "ޝޫޓްއައުޓް އެޓް ލޯކަންޑްވާލާ" ވީ ބޮކްސް އޮފީސް ހިޓަކަށެކެވެ. އޭގެފަހުން 2013 ވަނަ އަހަރު އެ ފިލްމުގެ ދެ ވަނަ އިންސްޓޯލްމެންޓް "ޝޫޓްއައުޓް އެޓް ވަޑާލާ" ވެސް ވަނީ ރިލީޒްކޮށްފައެވެ.

މިއާއެކު މިދިޔަ އަހަރު ޑައިރެކްޓަރ ސަންޖޭ ވަނީ މީގެ ތިންވަނަ އިންސްޓޯލްމެންޓްގެ މަސައްކަތްވެސް ފަށާފައެވެ. މި ފިލްމު ބިނާވެފައި އޮންނާނީ 1992 ވަނަ އަހަރު އިންޑިއާގެ ޖޭޖޭ ހޮސްޕިޓަލަށް ދިން ޙަމަލާގެ މައްޗަށްކަމަށްވެސް ޕްރޮޑަކްޝަން ޓީމުން މިއަހަރު ވަނީ ބުނެފައެވެ.

ފިލްމުގެ އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން "މަލަންގް" ގެ ތަރި އަދިތްޔާ ރޯއީ ކަޕޫރު މި ފިލްމުގައި މަސައްކަތް ކުރާނެކަމަށެވެ. އަދިޔްތާ ކުޅޭނީ ސީދާ ކޮން ރޯލެއްކަން އަދި ނޭގެއެވެ.

މި ފިލްމު ޕްރޮޑިއުސް ކުރަނީ ބޫޝަން ކުމާރުގެ ޓީ ސީރީޒް އަދި އެކްތާ ކަޕޫރުގެ ބަލާޖީ ޓެލެފިލްމްސްއިންނެވެ.