ސިޔާސީ

މުޒާހަރާގައި ފުލުހުން ހައްޔަރުކުރި 13 މީހުން ދޫކޮށްލައިފި


އިދިކޮޅު އެމްޑީޕީން އިއްޔެއާއި ރޭ  ކުރިއަށްގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި ތޭރަ މީހުން ދޫކޮށްލައިފިއެވެ.ފުލުހުން ބުނީ މި އެންމެންވެސް
ދޫކޮށްލީ މިއަދުގެ ވަގުތެއްގައިކަމަށެވެ.

އިއްޔެ ހަވީރު އެމްޑީޕީން ކުރިޔަށް
ގެންދިޔަ މުޒާހަރާގެ ތެރެއިން ތޭރަ މީހުން ހައްޔަރުކުރީ މާލޭގެ މަގުތަކަށް ނުކުމެ
އަޑުގަދަކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުންކަމަށް  ފުލުހުން
 ބުނެއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، މުޒާހަރާ ކުރިއަށް ގެންދެވޭނީ
އާޓިފިޝަލް ބީޗްގެ ތެރޭގައި މެންދަމު ބާރަ ޖަހަންދެންކަމަށް މުޒާހަރާގެ
ބައިވެރިންނަށް އަންގާފައިވަނިކޮށް، މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުތުމުން
ކުރިއަށް ނުދެވޭނެ ގޮތަށް ފުލުހުން ހުއްޓުވި ކަމަށެވެ.  އަދި ފުލުހުންގެ އެންގުންތަކަށް އިޖާބަ ނުދިނުމުން މުޒާހަރާ ރޫޅާލުމަށް ފުލުހުން
ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވާކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.