ދުނިޔެ

މޫސުމާ ބެހޭ ބައްދަލުވުން އޮންނަ އިމާރާތް އދއާ ހަވާލުކޮށްފި


މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ
ކުރުމަށް މާދަމާ ފަރަންސޭސިވިލާތުގެ ޕެރިހުގައި ފަށާ ސަމިޓް ބާއްވާ އިމާރާތް އެޤައުމުން
އ.ދ އާ ޙަވާލުކޮށްފިއެވެ.



އ.ދ ގެ 190 އަށް ވުރެ މެމްބަރު ޤައުމު ތަމްސީލުކުރާ
މި ސަމިޓަށް ފަރަންސޭސިވިލާތުގެ ޕެރިހުގެ ސަލާމަތީ ކަންކަން ވަނީ
ވަރުގަދަކޮށްފައެވެ.



މިމަހުގެ 13 ވަނަ ދުވަހު ދިން ޓެރަރިސްޓް ޙަމަލާތަކުގެ
ސަބަބުން ޕެރިހުގައި ސަމިޓް ނުބާއްވާނެ ކަމަށް ބެލެވުނު ނަމަވެސް
ފަރަންސޭސިވިލާތުން ވަނީ ސަމިޓަށް ތައްޔާރުވުމަށް ކުރަމުން ދިޔަ މަސައްކަތްތައް ހަލުވިކޮށްފައެވެ.



އ.ދއިން އިސްނަގައިގެން ބާއްވާ މިސަމިޓްގައި
މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް ގޮވާލާ ޤަރާރެއް
ފާސްކުރާނެ ކަމަށް ބެލެވެއެވެ.



މި ޤަރާރަކީ ވަކި ވަކި ޤައުމުތަކަށް ޖައްވަށް ދޫކުރާ
ވިހަ ގޭސްތައް މަދުކުރުމަށް ގޮވާލާނެ ޤަރާރެއް ކަމަށް އ.ދން
ވަނީ ބުނެފައެވެ.